
ގ. ނިޔަރުގެ. ހަށި ވިއްކަމުގެ ތުހުމަތުގައި ފަސް ބިދޭސީއަކު ފުލުހުން ވަނީ އެގެއިން ހައްޔަރުކޮށްފައި. ފޮޓޯ: ސަން
ގަލޮޅު މަދަރުސާ ކުރިމަތިން ހުންނަ ގ. ނިޔަރުގެއިން ހަށި ވިއްކުމުގެ ތުހުމަތުގައި 5 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މިޑިއާއިން މަޢުލޫމާތު ދޭ ގޮތުގައި ނިޔަރު ގޭގެ އެންމެ ތިރީބުރީގައި ހުންނަ ދުވަހު ކުއްޔަށް ދޫ ކުރާ ކޮޓަރިއެއްގެ ތެރެއިން ހައްޔަރު ކޮށްފައިވަނީ އިންޑިޔާގެ އަންހެނަކާއި ފިރިހެނެއްގެ އިތުރުން ބަނގުލަދޭޝްގެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.
ފުލުހުން އެތަނަށް ވަތް އިރު އެކޮޓަރީގެ ތެރެއިން ހަށި ވިއްކާ ކަމުގެ ހެކިތައް ފެނިފައިވާ ކަމަށް ފުލުހުން މަޢުލުމާތު ދެއެވެ.
އެފަސް މިހުން ހައްޔަރު ކުރިއިރު ހެކިތަކުގެ ގޮތުގައި ފެނިފައިވަނީ ކޯއްޗެއްކަމެއް އަދި އެއެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި ފަސް މީހުންނަކީ ޤަވަޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބައެއްކަމަށާއި އެމީހުން އަތުގައި ވޯކް ޕަރމިޓްވެސް ނެތް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...