
ފަލަސްޠީނުގެ ރައީސް ޑރ. މަހުމޫދު އައްބާސް މާލެ ވަޑައިގެންނެވި ދުވަހު، ރައީސް މަޙުމޫދު އައްބާސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދު. ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤު
ފަލަސްޠީނުގެ ރައީސް ޑރ. މަހުމޫދު އައްބާސްގެ އަމިއްލަފުޅު ޚަރަދުގައި ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހުޅުވާލެވިފައިވާކަމަށް އިސްލަމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރިއިން ބުނީ އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ދާދި ފަހުން ފަލަސްޠީނަށް ކުރެއްވި ދަތުރުފުޅުގައި ފަލަސްތީނުގެ ރައީސް ޑރ. މަހޫމޫދު އައްބާސްއާއި ބައްދަލުކުރައްވައި ދެ ޤައުމުން ވެވިދާނެ އެހީތަކާއިބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެގޮތުން ފަލަސްޠީނުގެ ރައީސް ޑރ. މަހުމޫދު އައްބާސްގެ އަމިއްލަފުޅު ޚަރަދުގައި އެޤައުމުގެ ޖާމިއަތުލް ޤުދުސްއިން ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރިއިން ބުނީ ފަލަސްޠީނުން ލިބިފައިވާ ފުރުޞަތު ރަގަޅުކަމަށާއި ނަމަވެސް އެކަމާއި މެދު ގޮތެއް ނިންމާނީ ފަލަސްޠީނުގެ ޙާލަތު ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.
ޖާމިއާތުލް ޤުދުސްއަކީ 1984 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ޔުނިވަސިޓިއެކެވެ.
މިދިޔަ މަހުގައި ފަލަސްޠީނަށް އިސްލާމިކް މިނިސްޓްރިއިން ކުރި ދަތުރުގައި ދެޤައުމުގެ އިސްލާމިކް މިނިސްޓްރީއިން ބައްދަލުކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...