ރާއްޖޭގެ ޚަބަރު މާދަމާ ރޭގެ ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވްކުރަނީ

މާދަމާ ރޭގެ ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވްކުރަނީ

މާދަމާ ރޭގެ ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން 'ފުރުޞަތު ނަގާ ނުލާށެވެ' މިމަޢުލޫއަށް މަދާމަރޭ ވިލިމާލޭ ބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވް ކުރުމަށް ހަމަޖެހިފައިވާކަމަށް އެފައުންޑޭޝަނުން ބުނެފިއެވެ.

ޝައިޚް އަޙްމަދު ސަމީރު އިބްރާހިމް ދެއްވުމަށް ހަމަޖެހިފައިވާ މިދަރުސާއި ބެހޭ ގޮތުން  ވާހަކަދައްކަވަމުން ޕީސް ފައުންޑޭޝަންގެ އޮފިޝަލެއް ވިދާޅުވީ ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވުކުރުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ކުރިއަށްދަނީ ދަރުސް ބޭއްވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށެވެ.

މާދަމާ ރޭ 9:00 ޖަހާއިރު ފެށުމަށް ހަމޖެހިފައިވާ މިދަރުސައް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް ޕީސް ފައުންޑޭޝަނުން އެދެއެވެ.

ޕީސް ފައުންޑޭޝަނުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުވެސް ވިލިމާލޭގައި”އިންސާނީ ކަރާމާތް” މިމައުޟޫއަށް ޝައިޚް ސަމީރުގެ ދަރުސެއް ބާއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.