އެމެރިކާއިން ދިވެހިރާއްޖެއަށާއި ޝުރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕެޓްރީސިއާ އޭ ބޫޓެނިސް ސަފީރު ކަމުގެ ދައުރު ހަމަވާތީ، މީހާރު ރާއްޖެއަށް ކުރައްވާ ވަދާޢީ ދަތުރުގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވުމާއެކު، ދިއްދޫ ކައުންސިލުން ޕެޓްރީސިއާއަށް މަރުޙަބާ ދެންނެވުމަށްޓަކައި ތައްޔާރުކޮށްފައިވާ 3000 ދިދަ ޗާޕްކޮށްފައިވަނީ ނުބައިކޮށެވެ.
ދިއްދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ސަފީރު ޕެޓްރީސިއާ އޭ ބޫޓެނިސް އަށް މަރުޙަބާ ކިޔުމަށްޓަކައި ލަންކާއިން ޗާޕްކޮށްގެން ގެނައި ދިދަތަކުގެ ދަނޑިއާވި ފަރާތަށް ހުންނަންޖެހޭ 50 ތަރި ހިމެނޭ ގޮޅި ހުރީ ދިދަ ވިހުރޭ ފަރާތަށެވެ.
ދިދަތައް ޗާޕްކޮށްފައިވަނީ ނުބައިކޮށްކަން އެނގުނީ އެރަށަށް ގެނައިފަހުންނެވެ. ކައުންސިލުންވަނީ ކައުންސިލު އިދާރާގެ މުވައްޒަފުން ލައްވައި ކަފައި ތަތްކޮށް އަސްލު ދިދަ ހުންނަގޮތަށް ރަނގަޅު ކުރަން އުޅުމުގެ ތެރޭގައި 3000 ދިދައިގެ ތެރެއިން ދެބައިކުޅަ އެއްބައި ދިދަ ވަނީ ހަލާކުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...