ހ، ދުބުގަސް ހިޔާ ފަސް ވަނަ ފަންގިފިލާގައި، އައި ސީ ބިޔުޓީ ސެލޫންގެ ނަމުގައި ހަށި ވިއްކުމުގެ ނުބައި ޢަމަލު ހިންގަމުންދިޔަ ތަނެއް ބަންދުކޮށް، އެތަނުގައި ބަދުއަޚްލާޤީ ޢަމަލު ހިންގަމުންދިޔަ 5 މީހުން ހައްޔަރުކުރެވުމާއެކު މިއަހަރުގެ މިހާތަނަށް ހަށިވިއްކަމުންދިޔަ 13 ތަނެއް ވަނީ ބަންދުކޮށްފައެވެ.
ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން ރޭ 10:30 ހާއިރު އެތަނަށް ވަދެ ފުލުހުން ހައްޔަރުކޮށްފައިވަނީ ތައިލޭންޑްގެ ދެ އަންހެނުންނާއި ދިވެހި ތިން ފިރިހެންނުންނެވެ.
އޭގެ ތެރެއިން ތައިލޭންޑްގެ ދެ އަންހެނުންނާއި ރާއްޖޭގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވަނީ ބަދުއަޚްލާޤީ ޢަމަލު ހިންގަމުންދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ.
އެތަނުން ހައްޔަރުކޮށްފައިވާ އަނެއް ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ ޤަވާއިދާ ޚިލާފަށް އެއްވެސް ނަން ބޯޑެއް ހަރު ނުކޮށް ޚިދުމަތް ދެމުން އަންނަ ތަނަކަށް ވާތީ ކަމަށް ފުލުހުން ބުނެއެވެ.
މަސާޖު ޕާލާ ތަކުން ހައްޔަރު ކުރާ ބޭރު މީހުން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...