ރާއްޖޭގެ ޚަބަރު މިއަހަރު ރަމްޟާން މަހު އިސްލާމީ މަރުކަޒުގައި ކުރެވޭ ދަމު ނަމާދު ޓީވީއެމްއިން ލައިވް ކުރަނީ

މިއަހަރު ރަމްޟާން މަހު އިސްލާމީ މަރުކަޒުގައި ކުރެވޭ ދަމު ނަމާދު ޓީވީއެމްއިން ލައިވް ކުރަނީ

މިއަހަރު ރަމްޟާން މަހު އިސްލާމީ މަރުކަޒުގައި ކުރެވޭ ދަމު ނަމާދު ޓީވީއެމްއިން ލައިވް ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ މަރުކަޒު. ދިއިސްލާމް ފޮޓޯ: އަޝްވާގު

މިއަހަރުގެ ރަމްޟާން މަހުގައި އިސްލާމީ މަރުކަޒުގައި ކުރެވޭ ދަމު ނަމާދު ޓީވީއެމް އިން ލައިވު ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަ ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޕޯކް ޕާސަން އައްޝައިޚް މޫސާ އަންވަރު ޙަސަން ވިދާޅުވީ އިސްލާމީ މަރުކަޒުގައި ކުރެވޭ ދަމު ނަމާދު ޓީވީއެމްއިން ލައިވު ކުރުމަށް، އެމްބީސީއަށް ސިޓީއެއް ފޮނުވުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. މޫސާ އަނަވަރު ވިދާޅުވީ މިކަމަށް އެމްބީސީއިންވެސް އިޝާރާތެއް ލިބިފައިވާ ކަމަށެވެ. މިއަހަރު އިސްލާމީ މަރުކަޒުގައި ދަމު ނަމާދު ކުރަނީ ފަހު ދިހައިގައި ކަމެއް ނުވަތަ މުޅި ރަމްޟާން މަހުގައި ކަމެއް އިސްލާމިކް މިނިސްޓްރީއިން ހާމައެއް ނުކުރައްވައެވެ.

ދަމު ނަމާދު ފަދަ ރޭ އަޅުކަމެއް ރާއްޖޭގެ ތާރީޚްގައި ޓީވީއިން ލައިވު ކުރެވޭ މީ ފުރަތަމަ ފަހަރެވެ. އިސްލާމީ ބޮޑެތި ޤައުމުތަކުގައި، ރަމްޟާން މަހުގައި ކުރެވޭ ތަރާވިސް ނަމާދާއި ދަމު ނަމާދު އެޤައުމުގެ ރަސްމީ ޓީވީ ޗެނަލްތަކުން ލައިވު ކުރަމުންދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.