ރާއްޖޭގެ ޚަބަރު 12 އަހަރަށްފަހު ޝައިޚް ލަޠީފު ޢަރަބިއްޔާއާއި ދުރަށް

12 އަހަރަށްފަހު ޝައިޚް ލަޠީފު ޢަރަބިއްޔާއާއި ދުރަށް

12 އަހަރަށްފަހު ޝައިޚް ލަޠީފު ޢަރަބިއްޔާއާއި ދުރަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޚް ލަތީފް. ދިއިސްލާމް ފޮޓޯ: އަފްރާހް

12 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، އައްޝައިޚް މުޙައްމަދު ލަޠީފު ޢަރަބިއްޔާއިން ވަކިވެވަޑައިގެންފިއެވެ.

ޢަރަބިއްޔާގެ ކޮލިފައިޑް ޓީޗަރެއްގެ މަޤާމުގައި މަސައްކަތްކުރެއްވި ޝައިޚް ލަޠީފު ފާހަނގަ ކުރެވިފައިވަނީ ގިނަ ދަރިވަރުންނާއި ރައްޓެހި ހިތްހެޔޮ މުދައްރިސެއްގެ ގޮތުގައެވެ.

ޝައިޚް ލަޠީފު ވަކިވެވަޑައިގަތުން ޢަރަބިއްޔާގެ ބައެއް މުދައްރިސުން ސިފަ ކުރެއްވީ ބޮޑު ގަހެއް ޢަރަބިއްޔާއިން ކެނޑިގެން ދިއުން ފަދަ ކަމެއްގެ ގޮތުގައެވެ.

ޝައިޚް ލަޠީފު ޢަރަބިއްޔާއިން ވަކިވެވަޑައިގަތުމުން ދިއިސްލާމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އެމަދަރުސާގެ މުދީރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ރަޝީދު ވިދާޅުވީ އަލްއުސްތާޛު މުޙައްމަދު ލަޠީފަކީ ވަރަށް ޢިލުމީ ބޭފުޅެއްކަމަށާއި ކިޔަވައިދެއްވުމުގައިވެސް އެހާމެ މޮޅު ބޭފުޅެއް ކަމަށެވެ.

"އަލްއުސްތާޛު މުޙައްމަދު ލަޠީފަކީ ވަރަށް ޢިލުމީ ބޭފުޅެއް، އެފަދަ ބޭފުޅަކު ޢަރަބިއްޔާއިން ވަކިވެވަޑައިގަތުން އެއީ ޢަރަބިއްޔާއަށް ވަރަށް ދަތިވާނެކަމެއް، އެފަދަ ބޭފުޅަކު ދެން ހީއެއްނުވޭ ލިބޭނެ ހެނެއްވެސް" ޝައިޚް ރަޝީދު ވިދާޅުވިއެވެ.

ޝައިޚް ލަޠީފު ޢަރަބިއްޔާގެ ވަޒީފާއިން ވަކިވެވަޑައިގަތީ އިއްޔެ އިސްލާމީ މަރުކަޒުގެ އިމާމެއްގެ ގޮތުގައި ހަމަޖެއްސެވުމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.