ރާއްޖޭގެ ޚަބަރު ޤާރީ ކޯސް ލެވެލް 1 ފުރިހަމަކުރީ 218 ދަރިވަރުން : ޤުރުއާނާބެހޭ މަރުކަޒު

ޤާރީ ކޯސް ލެވެލް 1 ފުރިހަމަކުރީ 218 ދަރިވަރުން : ޤުރުއާނާބެހޭ މަރުކަޒު

ޤާރީ ކޯސް ލެވެލް 1 ފުރިހަމަކުރީ 218 ދަރިވަރުން : ޤުރުއާނާބެހޭ މަރުކަޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ކުރިއަށް ގެންދިޔަ ޤާރީ ކޯސް ލެވެލް 1 ފުރިހަމަކުރީ 218 ދަރިވަރުން ކަމަށް އެ މަރުކަޒުން ހާމަކޮށްފި އެވެ.

މިކޯހުގެ އިމްތިހާން އިއްޔެ ވަނީ ނިމިފައެވެ.

ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ 240 ދަރިވަރަކު މިކޯހުގައި ބައިވެރިވެފައިވާ ކަމަށާއި، ނަމަވެސް ކޯސް ނިންމާފައި ވަނީ 218 ދަރިވަރުން ކަމަށެވެ. އެމަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ މިކޯހުގެ ދަރިވަރުންނަށް މިމަހު 11 ގައި ސެޓްފިކެޓް ހަވާލުކުރެވޭނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިކޯހުގެ ލެވެލް 2 ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަސް ނިންމައި، އޯގަސްޓް 21 ގައި ކަމަށެވެ. ޤާރީ ކޯހުގެ ލެވެލް 2 ގައި ބައިވެރިވެވޭނީ ލެވެލް 1 ގެ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށެވެ.

ޤުރުއާނާ ބެހޭ މަރުކަޒުގެ އެހެން ކޯސްތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޤުރުއާނާ ބެހޭ މަރުކަޒުގައި ތިން ހާހެއްހާ ދަރިވަރުން ކިޔަވަމުން ދާއިރު  އެމަރުކަޒަށްވަނީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

އެމަރުކަޒުގެ ކޯސްތަކަކީ ހިލޭ ކިޔަވައިދޭ ކޯސްތަކެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.