ޙައްޤަކާއި ނުލައި މީހުން މަރާ މީހުންނަށް މަރަށް މަރު ހިފުމަކީ އިންސާނީ ޙައްޤުތަކާއި ޚިލާފްކަމެއް ނޫންކަމަށާއި، އެއީ އިސްލާމް ދީނުގެ ޙުކުމެއް ކަމަށާއި ހުރިހާ ޝަރުތުތަކެއް ހަމަވާނަމަ މަރަށް މަރު ހިފަންޖެހޭނެކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލުމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ދިއިސްލާމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޢަދާލަތު ޕާޓީގެ ޢިލުމުވެރިންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުވެސް ފުރުއްވަމުންގެންދަވާ ޝައިޚް އިލްޔާސް ވިދާޅުވީ "ޙައްޤަކާއި ނުލައި މީހުން މަރާ މީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވުމަކީ އިސްލާމް ދީނުގެ ޙުކުމް ކަމަށާއި އެއްވެސް މީހަކަށް އެޙުކުމް ބަދަލު ނުކުރެވޭނެ" ކަމަށެވެ.
ނަމވެސް ޙާކިމާއަށް އެޙުކުމް ތަންފީޒު ކުރުން ފަސް ކުރެވިދާނެކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މަރަށް މަރު ހިފުމަކީ ކުރަމުން އަންނަ ކަމެއް ކަމަށާއި އެގޮތުން ޣައިރު މުސްލިމު ޤައުމުތަކުގައިވެސް މަރަށް މަރު ހިފަމުންދާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...