ރާއްޖޭގެ ޚަބަރު ރަމްޟާން މަހާއި ދިމާކޮށް މަހަލްދީބު ފައުންޑޭޝަނުން ދެފޮތެއް ނެރެނީ

ރަމްޟާން މަހާއި ދިމާކޮށް މަހަލްދީބު ފައުންޑޭޝަނުން ދެފޮތެއް ނެރެނީ

ރަމްޟާން މަހާއި ދިމާކޮށް މަހަލްދީބު ފައުންޑޭޝަނުން ދެފޮތެއް ނެރެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަހަލްދީބް ފައުންޑޭޝަންގެ ފޮތް ލިޔުއްވި ޝެއިޚް އިޔާޟް ވާހަކަ ދައްކަވަނީ. | ދިއިސްލާމް ފޮޓޯ: އަޝްވާގު

ރަމްޟާން މަހާއި ދިމާކޮށް މަހަލްދީބު ފައުންޑޭޝަނުން ދެފޮތެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން އެއްފޮތަކީ ހިލޭ ބެހުމަށްޓަކައި ނެރޭ ފޮތެއްކަމަށް މަހަލްދީބު ފައުންޑޭޝަނުން ބުނެފިއެވެ.

އެފައުންޑޭޝަންގެ ފަރާތުން އައްޝައިޚް މުޙައްމަދު އިޔާޟު ޢަބްދުއް ލަޠީފު ވިދާޅުވީ ހިލޭ ބެހުމަށްޓަކައި ނެރޭ ފޮތަކީ މީގެ ކުރިންވެސް ޗާޕްކޮށްގެން ހިލޭ ބަހާފައިވާ 'މުސްލިމުންގެ ހަތިޔާރު' ދުޢާ ފޮތްކަމަށެވެ. ރަމްޟާން މަހާއި ދިމާކޮށް ނެރޭ އަނެއް ފޮތަކީ 'ހެނދުނާއި ހަވީރު ދުޢާ' ފޮތް ކަމަށެވެ. ޝައިޚް އިޔާޒު ވިދާޅުވީ ރަމްޟާން މަހާއި ދިމާކޮށް އެހެން ފޮތެއް ނެރެންވެސް ތައްޔާރު ކުރެވުނު ކަމަށެވެ. އެފޮތަކީ ރޯދައާއި ގުޅުން ހުރި ސުވާލާއި ޖަވާބު ހިމެނޭ ފޮތެއްކަމަށެވެ.

ނަމަވެސް އެފޮތް ޗާޕްކުރުމަށް ބޮޑެތި ޚަރަދު ތަކެއް ހިނގާތީ އެފޮތް މިފަހަރު ނުނެރޭ ގޮތަށް ނިންމާފައިވާ ކަމަށާއި ނަމަވެސް އެފޮތުގައި ހިމެނޭ ސުވާލުތައް ޢަދާލަތު ޕާޓީއެކު ވެވުނު އެއްބަސް ވުމުގެ ދަށުން އެޕާޓީގެ ވެބުސައިޓްގައި ޝާޢީ ކުރަމުންދާ ކަމަށް ޝައިޚް އިޔާޒު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.