ދުނިޔެ ވިކީލީކްސްއިން ސީރިއާގެ 2 މިލިއަން އީމެއިލް ޝާއިޢު ކުރަން ފަށައިފި

ވިކީލީކްސްއިން ސީރިއާގެ 2 މިލިއަން އީމެއިލް ޝާއިޢު ކުރަން ފަށައިފި

ވިކީލީކްސްއިން ސީރިއާގެ 2 މިލިއަން އީމެއިލް ޝާއިޢު ކުރަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިއާގެ އިސް ސިޔާސީ ފަރާތްތަކުގެ މެދުގައި ބަދަލުކުރެވިފައިވާ 2 މިލިއަނެއްހާ އީމެއިލް ވިކިލީކްސްއިން މިދިޔަ ބުރާސްފަތި ދުވަހު ޝާއިޢުކުރަން ފަށައިފިއެވެ.

ޤައުމުތަކުގެ ސިއްރު ލިޔެކިއުންތައް ފެންމަތިކުރަމުން އަންނަ މިވެބްސައިޓުން ހާމަކޮށްފައިވާގޮތުގައި އެންމެ ފުރަތަމަ ޝާއިޢުކުރެވޭ އީމެއިލްތަކަކި ސީރިއާގެ ސިޔާސީ ފަރާތްތަކާއި، މިނިސްޓްރީތަކުންނާއި އަދި ތަފާތު ބޮޑެތި ކުންފުނިތަކުން އޯގަސްޓް 2006 ގައި ފޮނުވާފައިވާ ސިއްރު އީމެއިލްތަކެވެ. އަދި ވިކިލީސްކްއިން އެންމަ ފަހުން ލީކްކުރާނެ އީމެއިލްތަކަކީ ސީރިއާގައިމިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ އެއް އަހަރު ކުރިން މާޗް 2012 ގައި ބަދަލުކުރެވިފައިވާ އީމެއިލްތަށް ކަމުގައި އެފަރާތުން ބުނެއެވެ.

"މިލެކިއުންތަކަކީ ސީރިއާ ލަދުގަންނަވާނޭ ލިޔެކިއުންތަކެއް. ހަމަ އެފަދައިން މިލެޔެކިއުންތަކުން ސީރިއާއާއި އިދިކޮޅު ޤައުމުތައްވެސް ލަދުގަންނާނެ،" ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް ހާމަކޮށްފައިވެއެވެ.

"މީގެ ސަބަބުން ހަމައެކަނި ވަކި ގްރޫޕަކަށް ނުވަތަ އެވެނި މިވެނި ގްރޫޕަކަށް ފާޑުކިއުމަށްވުރެ، އެގްރޫޕްތަކުގެ ބޭނުންތަކާއި، އަމަލްތަކާއި، ޚިޔާލުހުރިގޮތް ވިސްނައިގަންނަން އެހީތެރިވެދޭނެ. މިކޯޅުންގަނޑު ފަހުމްވެގެންނޫނީ އަޅުގަނޑުމެންނަކަށް މިކަން ހައްލެއްނުކުރެވޭނެ،" ލަންޑަންގައި ބޭއްވުނު ޕްރެސް ކޮންފަރެންސެއްގައި އަޑުއިއްވުނު އަސާންޖް ގެ ލިޔުމެއްގައި އޭނާ ބުނެފައިވެއެވެ.

އިޓަލީ ސަރުކާރުގެ 30 އިންސައްތަ ހިއްސާއޮންނަ ޑިފެންސް އަދި ސެކިއުރިޓީ އާލާތްތައް އުފައްދާ ފިންމެއްކާނިކާއިން ސީރިއާ ސަރުކާރަށް މިހަމަނުޖެހުންތަކުގެ ތެރޭގައި ޤަވާއިދުން މުވާސަލާތީ ތަފާތު އާލާތްތައް ފޯރުކޮށްދެމުންއަންނަ ކަމުގައި ވިކިލީކްސްއިން ބުރާސްފަތިދުވަހު އާންމު ކުރި އެންމެ ފުރަތަމަ އީމެއިލްތަކުން ހާމަވެފައިިވެއެވެ.

16500 މީހުން މަރުވެފައިވާ 16 މަސްވެފައިވާ މިހަމަނުޖެހުންތަކުގައި ސީރިއާގެ ސަރުކާރާއި އަދި އެސަރުކާރުގެ އެކުވެރި ދައުލަތްތަކުން ނަގާފައިވާ ފިޔަވަޅުތަކާއި ހިންގާފައިވާ ޖަރީމާތައް މިހާރަށްވުރެ ހާމަކަންބޮޑުގޮތުގައި މިއީމެއިލްތަކުގެ ސަބަބުން ފަޅާއަރާނެކަމުގައި ބެލެވޭކަމުގައި ގިނަ ފަރާތްތަކުން ޤަބޫލުކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.