"އިސްލާމީ ޝަރީޢަތުގެ މަޤާމް" މިމައުޟޫއަށް މިރޭ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ދިއިސްލާމްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް ދެއްވާނީ އައްޝައިޚް ޢަލީ ރިޟާ އަޙްމަދު އެވެ. މިރޭ ޢިޝާ ނަމާދަށްފަހު ޝަހީދު ޢަލީ މިސްކިތުގައި ބާއްވާ މިދަރުސަށް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް މިދަރުސް އިންތިޒާމް ކުރާ ފަރާތުން އެދެ އެވެ.
"އިސްލާމީ ޝަރީޢަތުގެ މަޤާމް" މިމައުޟޫއަށް ދަރުސެއް އިންތިޒާމު މިކުރެވޭނީ މިފަހަކަށް އައިސް ރާއްޖޭގައި ޙައްޤަކާ ނުލާ މީހުން މެރުމާއި މާރާމާރީގެ ޢަމަލުތައް ގިނަވެ އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް ގޮވާލައި ޢިލުމުވެރިންނާއި ޢާއްމުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް ދައްކަމުންދާ ދުވަސްވަރެއްގަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...