ޕީސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން މިމަހު 13 ގައި އައްޝައިޚް އަޙްމަދު ސަމީރުގެ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އެ ޖަމްޢިއްޔާގެ އޮފިޝަލަކު ބުނީ ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި ބާއްވާ މި ދަރުސަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. ދަރުސްގެ މައުޟޫއަކީ "ފުރުޞަތު ނަގާނުލާ" މިއެވެ.
މި ދަރުސް ރޭޑިއޯ އެޓޯލްއިން ލައިވް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ބުންޏެވެ.
ޕީސް ފައުންޑޭޝަނުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުވެސް ވިލިމާލޭގައި"އިންސާނީ ކަރާމާތް" މިމައުޟޫއަށް ޝައިޚް ސަމީރުގެ ދަރުސެއް ބާއްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...