ރާއްޖޭގެ ޚަބަރު "ފުރާވަރު" މިމައުޟޫއަށް ޝައިޚް ޖައުފަރު ފާއިޒު ދެއްވާ ދަރުސަށް ފަހު "ފުރާވަރު" މަދަހަ އަލްބަމް މިރޭ ނެރެނީ

"ފުރާވަރު" މިމައުޟޫއަށް ޝައިޚް ޖައުފަރު ފާއިޒު ދެއްވާ ދަރުސަށް ފަހު "ފުރާވަރު" މަދަހަ އަލްބަމް މިރޭ ނެރެނީ

"ފުރާވަރު" މިމައުޟޫއަށް ޝައިޚް ޖައުފަރު ފާއިޒު ދެއްވާ ދަރުސަށް ފަހު "ފުރާވަރު" މަދަހަ އަލްބަމް މިރޭ ނެރެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޚް ޖައުފަރު ފާއިޒް ދަރުސެއް ދެއްވަނީ | ދިއިސްލާމް ފޮޓޯ: ޢަލީ އަހްސަން

"ފުރާވަރު" މި މައުޟޫއަށް ޝައިޚް ޖައުފަރު ފާއިޒު މިރޭ ދެއްވާ ޚާއްޞަ ދަރުސަށް ފަހު "ފުރާވަރު" އޯޑިއޯ މަދަހަ އަލްބަމް ރިލީޒް ކުރުމަށް ހަމަޖައްސައިފި އެވެ.
"ފުރާވަރު" އަލްބަމް އުފައްދާ "އިސްލާމިކް ރިދަމް" ޓީމުން ބުނީ މި ހަފްލާ އޮންނާނީ މިރޭ 20:30 ގައި ޝީ ބިލްޑިންގ ތިންވަނަ ފަންގިފިލާގައި ހުންނަ އަސަރީ މާލަމްގައި ކަމަށެވެ.

"ފުރާވަރު" އަލްބަމް ނެރެދިނުމަށް ހަމަޖެހިފައި ވަނީ ދާދިފަހުން މިއުޒިކާއި ލަވަކިއުމާ ދުރަށް ގޮސްފައިވާ ފަރާތެއް ކަމަށް އިސްލާމިކް ރިދަމް ޓީމުން ހާމަކުރެ އެވެ.

އިސްލާމިކް ރިދަމްގެ އޮފިޝަލަކު ބުނީ މިއަލްބަމް އާންމުގޮތެއްގައި ވިއްކާނީ 100 ރުފިޔާއަށް ކަމަށާއި ނަމަވެސް މިރޭގެ ރަސްމިއްޔާތުގައި 70 ރުފިޔާއަށް އަލްބަމް ލިބެން ހުންނާނެ ކަމަށެވެ.

މިހަފްލާ އަށް ވީހާވެސް ގިނަ ބަޔަކު ޙާޟިރުވުމަށް އެ ޓީމުން އެދެ އެވެ.

"ފުރާވަރު" އަލްބަމްގެ ހުރިހާ މަދަހަތަކެއްގެ ޅެން އަދި ރާގު ހަދާފައިވަނީ އަޙްމަދު ރިފާޢު އެވެ. މަދަހަތައް ކިޔާފައިވަނީ ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޢަލީ ރަމީޒް، މޫސާ ޝިފާޢު (ޓްރިއޯ ޝިފާއު) އަދި ޢަބްދުލް ޢަލީމް އެވެ. މި އަލްބަމްގައި ހިމެނެނީ މުޅިންވެސް އަމިއްލަ ރާގުގެ މަދަހަ ތަކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.