ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި 'ފުރާވަރު' އަލްބަމް ނެރުމުގެ ގޮތުން ބާއްވާ ޙާއްސަ ޖަލްސާ އާއި އެކު ދަރުސް އެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި ދަރުސް ދެއްވާނީ ޝެއިޚް ޖައުފަރު ފާއިޒްއެވެ. މިހަރަކާތް އޮންނާނީ 29 ޖޫން ވާ ހުކުރު ދުވަހުގެ ރޭ 8.30 ގައި ކަމަށާއި ދަރުސްގެ މައުޟޫއަކީ 'ފުރާވަރު' ކަމުގައި އިސްލާމިކް ރިދަމްގެ ޓީމުން ހާމަކުރެއެވެ. ދަރުސް އޮންނާނީ ޝީ ބިލްޑިންގެ 3 ވަނަ ފްލޯރ ގައިކަމަށްވެސް ޚަބަރު ލިބެއެވެ.
މިދަރުސްގެ ފަހުން 'ފުރާވަރު' އަލްބަމް ނެރުމަށް ވަނީ ހަމަޖެހިފައެވެ. އަލްބަމް ނެރެ ދެއްވާނީ ކުރިން ލަވަކިޔަމުން އައިސް ދާދިފަހުން ލަވަ ކިޔުން ހުއްޓާލާފައިވާ މުޅިން އާ މޫނެއް ކަމަށް ޚަބަރު ލިބެއެވެ.
“ފުރާވަރު” އަލްބަމްގެ ހުރިހާ މަދަހަތަކެއްގެ ޅެން އަދި ރާގު ހަދާފައިވަނީ އަޙްމަދު ރިފާޢުއެވެ. މަދަހަތައް ކިޔާފައިވަނީ ޢަލީ ރަމީޒް، މޫސާ ޝިފާޢު އަދި ޢަބްދުލް ޢަލީމްއެވެ. އަދި މިއަލްބަމްގައި ހިމެނޭނީ މުޅިންވެސް އަމިއްލަ ރާގެވެ.
އަޙްމަދު ރިފާޢު މީގެ ކުރިން އުފެއްދި “ޔާރައްބަނާ” އޯޑިއޯ މަދަހަ އަލްބަމް އަދި “ހުވަނދު” ވީޑިއޯ މަދަހަ އަލްބަމަށް ގިނަ ބައެއްގެ ތަރުހީބުވަނީ ލިބިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...