ޝާމުކަރައިގެ ބިމުން ބޮޑު ބައެއް ހިމެނޭ ސީރިއާގެ މުސްލިމުންނާއި ދެކޮޅަށް ބައްޝާރުލް އަސަދުގެ އަސްކަރީ ބާރުތަކުން ހިމްގަމުންގެންދާ ޤަތުލްޢާއްމާއި މެދު ދިވެހިން ހޭލުންތެރިކުރުމަށް އުފައްދާފައިވާ އަންޞާރުއް ޝާމުން ރޭ ލައިސަންސް ނަގާ ސަރަހައްދުގައި ބާއްވަން އުޅުނު ޙަރަކާތް، ކުރިމަތިވި ބައެއް ޓެކްނިކަލް މައްސަލަ ތަކުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
އަންޞާރުއް ޝާމުގެ އިސްއޮފިޝަލެއް ބުނީ ރޭ ބާއްވަން އުޅުނު ޙަރަކާތް އެސަރަހަށްދައް ކަރަންޓު ފޯރުކޮށްދިނުމުގެ އެންމެފަހު ވަގުތު ދިމާވި މައްސލަތަކުގެ ސަބަބުން ކެންސަލު ކުރީކަމަށެވެ.
"އެންމެ ފުރަތަމަ ކަރަންޓު ފޯރުކޮށްދޭން ނިންމީ ޓްރާންސްޕޯޓުގެ އެހީތެރިކަމާއެކު، ޓްރާންސުޕޯޓުން ކަރަންޓް ނުލިބުން އެސަރަހަށްދަށް ޖަނަރޭޓަރެއް ގެނެސްގެން ކަރަންޓް ފޯރުކޮށްދޭން ނީންމީ. ނަމަވެސް އެތަނަށް ގެނައި ޖަނަރޭޓަރުގެ މައްސަލައެއް އުޅޭތީ އެއިންވެސް ކަރަންޓް ނެގޭގޮތް ނުވީ" އޮފީޝަލް ބުންޏެވެ.
އޮފިޝަލް ބުނީ މިޙަރާކާތް ކެންސަލުކުރަން ނިންމީ އެޙަރަކާތުގައި ބައިވެރި ވުމަށް ވަޑައިގެންނެވި ޢިލުމުވެރިންނާއި މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި އެހެންތާރިޚެއްގައި މިޙަރަކާތް އިންތިޒާމު ކުރުމަށް ރާވަމުންދާ ކަމަށާއި ނަމަވެސް އަދި ވަކި ތާރީޚެއް ނިންމާފައި ނުވާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...