720 ފުޅި ބަނގުރާ ނައްތާލައިފިއެވެ.
ބުރާސްފަތި ދުވަހު މެންދުރުފަހު 2 ޖެހިއިރު ރާފުޅިތައް ނައްތާލާފައިވަނީ ފުން ވަޅުގަނޑެއް ކޮނުމަށް ފަހު ރާފުޅިތައް އެވަޅުގަނޑަށް ހުސްކުރުމަށްފަހު ފުޅިތަށް ތަޅައިގެންކަމަށް ހަބަރު ލިބެއެވެ. މިއީ އެއްފަހަރާ މިހާގިނަ އަދަދެއްގެ ބަނގުރާ ނައްތާލި ފަހަރުކަމަށާއި އާ ޤަވާއިދުގެ ދަށުން މިއަހަރު މަސްތުވާތަކެތި ނައްތާލެވޭ ފުރަތަމަ ފަހަރު ކަމަށްވެސް ޕޮލިހުންވަނީ ހާމަކޮށްފައެވެ. މިތަކެތި ނައްތާލާފައިވަނީ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލާ ކޮމިޓީގެ އިސްބޭފުޅުންނާއި ނޫސްވެރިންގެ ހާޒިރުގައެވެ.
ނައްތާލެވުނު ރާ ފުޅި ތަކަކީ މިދިޔަ އަހަރު ފެބުރުއަރީ މަހު ކުރީކޮޅުގައި ޓީޖެޓީ ކައިރިން އަތުލައިގެން ރާފުޅިތަށް ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...