އައްސާރުއްޝާމްގެ ބައްދަލުވުމެއް މިރޭ އަހްމަދިއްޔާ ސުކޫލް ހޯލްގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަހްމަދިއްޔާ ސުކޫލްގެ ހޯލްގައި ކަމަށް އަންޞާރުއްޝާމްގެ ފަރާތުން މަޢުލޫމާތު ދެ އެވެ.
މި ބައްދަލުވުމަކީ “އައްޞާރުއްޝާމް” ކެމްޕެއިންގައި ހަރަކާތެރިވާ ވޮލަންޓިޔަރުންނަށް ޚާއްސަ ކުރެވިފައިވާ ބައްދަލުވުމެއްކަމަށްވެސް މިބައްދަލުވުން އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.
މީގެއިތުރުން މުޅިން އަލަށް “އަންޞާރުއްޝާމް”ގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައްވެސް މިރޭގެ ބައްދަލުވުމަށް ވަޑައިގެން ވޮލަންޓިޔަރެއްގެ ގޮތުން މިހަރަަކާތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އަންޞާރުއްޝާމްއިން ހާމަކުރެ އެވެ.
“އަންޞާރުއްޝާމް”އަކީ ސޫރިޔާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެގައުމުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާ ތަކާއިމެދު ދިވެހި ރައްޔިތުން ހޭލުންތެރިކޮށް ސޫރިޔާގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި، އުޚުތުންނަށް އެހީތެރިވުމުގެ މަޤްސަދުގައި ހިންގަމުންދާ ހަރަކާތެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...