ރާއްޖޭގެ ޚަބަރު މޯލްޑިވުސް އިސްލާމިކް ބޭންކުން ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ ސަމާނު އިންސްޓޯލްމަންޓަށް ގަނެދެނީ

މޯލްޑިވުސް އިސްލާމިކް ބޭންކުން ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ ސަމާނު އިންސްޓޯލްމަންޓަށް ގަނެދެނީ

މޯލްޑިވުސް އިސްލާމިކް ބޭންކުން ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ ސަމާނު އިންސްޓޯލްމަންޓަށް ގަނެދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ބޭންކުން ކޭޝްކާޑް 'ފައިސާ ކާޑް' އިފްތިތާހްކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސްގެ ތެރެއިން. ދިއިސްލާމް ފޮޓޯ: ޢިބްރާހިމް އަޝްވާޤު

ރަމްޟާންމަހާއި ދިމާކޮށް މޯލްޑިވުސް އިސްލާމިކް ބޭންކުން ފަރުނީޗަރާއި ގޭތެރެއަށް ބޭނުންވާ ބައެއް އެހެން ސަމާނު އިންސްޓޯލްމެންޓަށް ގަނެދިނުމަށް ޚިދުމަތެއް ފަށައިފިއެވެ.

އެމްއައިބީއިން ހާމަކުރެއްވިގޮތުގައި މިއިންސްޓޯލްމެންޓްގެ ދަށުން މިޚިދުމަތް ފޯރުކޮށްދެވޭނީ އެމްއައިބީގައި އެކައުންޓެއް އޮތް ފަރާތަކަށް ކަމަށާއި އަދި ފަރާތަކީ ވަޒިފާއެއްގައި އުޅޭ ފަރާތަކަށް ވާންޖެހޭނެ ކަމަށް އިސްލާމިކް ބޭންކުން ހާމަކުރައްވައެވެ. އެބޭންކުން ތަކެތި ދޫކުރާނީ އެއެއްޗެއް ބޭންކުން ގަތުމަށްފަހު 12 އިންސައްތަ ހިމަނާފައިވާ ކަމަށާއި ފައިސާ ދެއްކުމުގެ މުއްދަތަކީ 6 މަސްދުވަހާއި 11 މަސްދުވަހާއި ދެމެދުކަމަށެވެ.

އިސްލާމިކް ބޭންކުން ބުނީ މިއިންސްޓޯލްމެންޓަކީ ފައިސާގެ ދަތިކަމާއިހުރެ ކޮންމެހެން ބޭނުންވާ ތަކެތި ނުހޯދިފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި ހޯދައިދިނުމަށް ތަޢާރަފްކުރި ޚިދުމަތެއް ކަމަށާއި މިއިންސްޓޯލްމެންޓްގެ ދަށުން މާލޭގެ ބޮޑެތި ހުރިހާ ފިހާރަތަކުން ތަކެތި ގަނެވޭނެކަމަށް އެބޭންކުން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.