ހާރޫން ޤުރުޢާން ކްލާސްގެ ނަމުގައި ކ. ގުރައިދޫގައި ހިންގަމުން ގެންދާ ޤުރުޢާން ކްލާސް، ޤްރުޢާނާ ބެހޭ މަރުކަޒު ބަލައިގަންނަ ފެންވަރުގައި ކިޔަވައިދޭ ތަނެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފއެވެ.
މިދިޔަ މެއި މަހު ރަޖިސްޓްރީކޮށްފައިވާ ޤްރުޢާން ކުލާހުގެ ވެރިފަރާތް ކަމުގައިވާ ޢަބްދުއަރަޝީދު ހާރޫން ދިއިސްލާމްއަށް ހާމަކުރި ގޮތުގައި "ބައްޕަގެ ނަމުން ނަން ދެވިފައިވާ މި ޤްރުޢާން ކުލާހުގައި ހުރިހާ އުމުރުފުރައަކުން ދެޖިންސްގެ މީހުންނަށް ކިޔަވައިދެމުން ގެންދެވެއެވެ. އަދި ވަކިން ޚާއްޞަކޮށް މިރަށުގައި މަސަކަތް ކުރަމުންދާ ބަނގުލަދޭޝްގެ ރަތްޔިތުންނަށާއި އަލައް އިސްލާމްވާ ބިދޭސީންނަށް ކިޔަވާދެމުން ގެންދެވެއެވެ. އަދި މީގެ އިތުރުން ޢަރަބިބަސް ކިޔަވައިދިނުމާއި، ތުއްތުކުދިންނަށް ދުޢާތައް ދަސްކޮއްދިނުމާއި، ނަޞޭހަތް ދިނުންވެސް އޮވެއެވެ." "ނަމަވެސް ކިޔަވާދިނުމުގައި ވަރަށް ބޮޑެތި ހުރަސްތައް އެބަހުރި، ކްލާހުގެ ޖާގައިގެ ދަތިކަމުގެ އިތުރުން، ފައިސާގެ ދަތިކަން ވަރަށް ބޮޑު، މުދައްރިސުންނަކީ ރާއްޖޭގެ އެކިހިސާބުން ގެނެވިފައިވާ ކަމަށް އެކަށޭނަ ތިން ބޭފުޅުންނަވެފައި، އެބޭފުޅުންގެ އެކަމޮޑޭޝަނަށް ވަކިން ގެއެއް ހިފައި، މުސާރައާއެކު މަހެއްގެ މައްޗައް -/35000 ރުފިޔާ ޚަރަދުވަމުންދޭ، އަދި މީގެ އިތުރުން އަމިއްލަޖީބުން -/3000 ރުފިޔާވަރު ޚަރަދު ކުރަންޖެހުމުން، މި ކްލާސް ހިގަމުން މިދަނީ މުޅިން މައިނަސް ބަޖެޓަކުން. އިތުރު ފަރާތެއްގެ ދީލަތި އެހީ ނުލިބި ގިނަދުވަސް ވާނަމަ ދަރިވަރުންގެ އަތުން ނަގާ ފީއައް ބަދަލުގެންނަންޖެހުމަކީ އެކަށީގެންވާކަމެއް، އެކަމަކު އެއީ އަޅުގަނޑު އެހާ ރުހޭކަމެއްނޫ" ޢަބްދުއްރަޝީދު ހާރޫން އިތުރައްކިޔާދިނެވެ.
އަދި މިމަހުގެ 6 ވަނަދުވަހު ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އަހަރީދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވި ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އައްޝެއިޚް މުހައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ ހާރޫން ޤްރުޢާން ކްލާސް ބައްލަވާލައްވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...