މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެކުލަވާލާފައިވާ 'ދިވެހިރާއްޖޭގެ ތަޢުލީމީ ބިލް' ގެ 30 ވަނަ މާއްދާގައި މޫނު ބުރުގާ އަލައިގެން ތަޢުލީމީ އެއްވެސް މަރުކަޒެއްގައި އުޅެވެގެން ނުވާނެކަމަށް ބުނާ މާއްދާ އިސްލާހުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާސިފު ވިދާޅުވީ އެމާއްދާއާއި މެދު ވަރަށް ބޮޑަށް ވާހަކަ ދެއްކުނު ކަމަށާއި އެގޮތުން އެމާއްދާގެ ސަބަބުން ބަޔަކަށް ނިކަމެތިކަން ލިބޭތީ އެމާއްދާ އެހެން ގޮތަކަށް ބަދަލު ކުރުމަށް ވާހަކަ ދެއްކުނުކަމަށެވެ. އަދި ހަމަ މިބައްދަލުވުންތަކުގައި އެމާއްދާ ހިމަނާފައިވަނީ އެތަނެއްގެ ސެކިއުރިޓީ އާއި ގުޅިގެން ކަމުގައިވާތީ ބުރުގާ ނާޅާ މީހެއްގެ ސަބަބުންވެސް އެމީހެއްގެ އެތަނެއްގެ ސަލާމަތައް މައްސަލަ އަކަށް ވެދާނެކަމަށާއި ވީމާ ކޮންމެހެން ކާކުކަން ނޭންގޭ ގޮތަށް ހެދުން އަޅައިގެން، ކިޔަވައިދޭ މަރުކަޒަށް ނުވަދެވޭނެކަމަށް އޮތް މާއްދާ ހިމެނުމުގެ ބޭނުމެއް ނެތް ކަމަށްވެސް، އެބައްދަލުވުންތަކުގައި ވާހަކަ ދެކެވުނުކަމަށް އާސިފު ވިދާޅުވިއެވެ.
ތަޢުލީމީ ބިލު'ގެ 30 ވަނަ މާއްދާގައިވަނީ ދަރވަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކާކުކަން ނޭގޭގޮތަށް ހެދުން އަޅައިގެން ކިޔަވައިދޭ މަރުކަޒުގެ ތެރޭގައި އުޅެގެން ނުވާނެކަމަށެވެ.
އާސިފު ވިދާޅުވީ އެމާއްދާ ކާކުކަން ނޭންގޭ ގޮތަށް ހެދުން އަޅައިގެން އުޅުމުގެ މާއްދާގެ ބަދަލުގަ އެމާއްދާގައިވާނީ "ކާކުކަން ނޭންގޭ މީހަކު" މިހެން އޮތުމަށް ބަދަލުކޮށްފައިވާ ކަމަށެވެ. އާސިފު ވިދާޅުވީ މިގޮތަށް އޮތުމުން ހަމަ އަނެއް މާނައިގައިވެސް ބޭނުން ކުރެވޭ ކަމަށެވެ. ވީމާ ކޮންމެ މަރުކަޒަކަށްވެސް އެތަނަށް ވަންނަ މީހުން އެންގޭނެ ކަމަށާއި ޝައްކުކުރެވޭ މީހަކު އެތަނަށް ވަދެއްޖެނަމަ ބެލިދާނެ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...