
މިސްކިތް ފަންޑުގެ ޓެލެތޯން ފެށށުމުގެ ރަސްމިއްޔާތުގެ ތެރެއިން އިސްލާމިކް މިނިސްޓަރ ފަންޑަށް ފައިސާ ހަދިޔާ ކުރައްވަނީ. ދިއިސްލާމް ފޮޓޯ: ޢިބްރާހިމް އަޝްވާޤު
ރަށްރަށުގެ މިސްކިތް މަރާތުކުރުމަށާއި މިސްކިތްތަކަށް ބޭނުންވާ އަސާސީ ކަންކަން ހައްލުކުރުމަށް ހުށަހެޅުއްވާއިރުގައި މާލިއްޔަތުގެ ޤާނޫނުގެ ދަށުން ހުށަހެޅުމުން އެމިސްކިތެއްގެ ކަންކަން ވަގުތުން ކުރިއަށް ގެންދަވާނެކަމަށް އިސްލާމިކް އެފެއާޒު މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމު ޢަލި ސަޢިދު ވިދާލުއްވެއްޖެއެވެ.
މިސްކިތު ފަންޑު އެހީވުމަށް މީޑިއާތަކުން ފެށި ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވީ ރަށްރަށުން މިފަންޑުގެ ފައިސާއިން މަރާމާތުކުރުމަށް ނުވަތަ މިސްކިތައް ބޭނުންވާ އަސާސީ ކަމެއް ބޭނުންވެގެން ހުށަހަޅުއްވާއިރުގައި އެއޮންނަ އުސޫލުގެ މަތިން ހުށަހެޅުމުން އެކަމެއް ކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ.
"ބައެއް ފަހަރު ކައުންސިލުތަކުން ހިސާބެއް ހައްދާފަ ހުށަހެޅުވާފައި ހުރީމާ އެހައްދަވާފަ އޮތް ހިސާބަކަށް ފައިސާ ދޫކުރާނެ އުސޫލެއް ނޯވޭ. މާލިއްޔަތު ޤާނޫނުގެ ދަށުން 25000 ވުރެ މަތީ ޢަދަދެއް ވެއްޖެއްޔާ އިޢުލާންކޮށްގެން ތިން ފަރާތުގެ އަގާއި އެކޮށް ހުށަހަޅުއްވަން ޖެހޭނީ ނުވަތަ 25000 ދައް ޢަދަދެއް ވެއްޖެއްޔާ އެފަރަރާތެއްގެ ކޯޓޭޝަނާއެކީ ހުށަހަޅުއްވަން ޖެހޭނީ" މިނިސްޓަރ ޝަހީމުވިދާޅުވިއެވެ.
ޝަހީމު ވިދާޅުވީ މިނޫން ގޮތަކަށް ހުށަހަޅުއްވާ ފަރާތަކަށް ފުރުޞަތު ދޭނެ އެއޮންނަ ގޮތަކަށް ހުށައެޅުމަށް. އެހެންވީމާ ވަގުތު ބޭކާރުކޮށް ނުލައްވާ އެއޮންނަ ގޮތަށް އެންމެ ފުރަތަމަވެސް ހުށަހެޅުއްވީމާ އެމިސްކިތެއްގެ ކަންކަން ރަމްޟާން މަހުގެ ކުރިން ހަމަޔަކަށް އަޅުވަން ފަސޭހަ ވާނެކަމަށެވެ.
ޝަހީމު އިތުރަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅިފައިވާ 31 މިސްކިތެއްގެ ކަރުދާސް މީގެ ދެދުވަހެއް ކުރިން ދިރާސާކޮށް ނިމިފައިވާ ކަމަށާއި އޭގެ ތެރެއިން 17 މިސްކިތަކަށް ފަންޑުން ޚަރަދު ކުރުމަށްވަނީ ނިންމާފަވާކަމަށެވެ.
"އެ 17 މިސްކިތުގެ ތެރެއިން ގިނަތަން ހުށަހަޅުއްވާފައި ހުރީ ހުށަހަޅުންވަން ޖެހޭ މަގަކުންނެއް ނޫން. މިހާރު އެފަރާތްތަކަށް އަންގާފައިވާނެ ހުށަހަޅަން ޖެހޭ މަގުން ހުށަހެޅީމާ އެފަރާތްތަކަށް ފައިސާ ދޫކުރާނެ ވާހަކަ. އޭގެ ތެރެއިން ބައެއް ތަންތަން ހުށަހަޅާފަ ހުރީ ރަގަޅަށް. އެހެންވީމާ އެފަރާތްތަކަށް ފައިސާ ދޭ ގޮތަށް ނިންމައި އެފަރާތަށްވާނީ އެެކަން އެންގިފައި" ޝައިޚް ޝަހީމު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...