އަރަބިދުނިޔެ ސަޢޫދީޢަރަބިއްޔާގެ ވަލީ ޢަހްދު ނާއިފް ބިން ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެ.

ސަޢޫދީޢަރަބިއްޔާގެ ވަލީ ޢަހްދު ނާއިފް ބިން ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެ.

ސަޢޫދީޢަރަބިއްޔާގެ ވަލީ ޢަހްދު ނާއިފް ބިން ޢަބްދުލްޢަޒީޒު އަވަހާރަވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒު

ސަޢޫދީއަރަބިއްޔާގެ ވަލީޢަހްދު އަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒު އާލްސަޢޫދު އަވަހާރަވެއްޖެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދައުލަތުގެ މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި ނާއިފް އަވަހާރަވެފައިވަނީ ޖެނީވާގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަމީރު ނާއިފްގެ ޖަނާޒާ އޮންނާނީ އަންނަ އާދިއްތަ ދުވަހު މައްކާގެ ޙަރަމްފުޅުގައެވެ.

އަމީރު ނާއިފް އަވަހާރަވުމުން ހުސްވެފައިވާ ވަލީޢަހްދުގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކުރެއްވުމަށް ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒަށް ޖެހިވަޑައިގަންނަވާނެއެވެ. މި މަޤާމަށް އައްޔަންކުރައްވާނެކަމަށް ބެލެވިފައިވަނީ ޢުމުރުފުޅުން 76 އަހަރުގެ މިހާރުގެ ޑިފެންސް މިނިސްޓަރ ސަލްމާން ބިން ޢަބްދުލްޢަޒީޒެވެ.

މިއީ ނުވަ މަސްދުވަހުގެ ތެރޭގައި ވަލީޢަހްދުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވަން ރަސްގެފާނު އަބްދުﷲ އަށް ޖެހިވަޑައިގަންނަވާ ދެވަނަ ފަހަރެވެ.

އަމީރު ނާއިފް އުފެންވެވަޑައިގަތީ ޠާއިފްގައެވެ.  1953 ވަނަ އަހަރު ރިޔާޟްގެ ގަވަރުނަރުކަން ލިބިވަޑައިގެންނެވިއެވެ. 1954 ން 1974 އަށް ދާޚިލީ ވަޒީރުގެ ނައިބުކަން ކުރެއްވިއެވެ. 1970 ވަނަ އަހަރު ދާޚިލީވުޒަރާގެ ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގެންނެވިއެވެ. އަމީރު ނާއިފަށް ދާޚިލީ ވަޒީރުކަން ލިބިވަޑައިގަތީ 1975 ވަނަ އަހަރު އެވެ. އަދި 2009 ވަނަ އަހަރު ބޮޑުވަޒީރުގެ ނައިބުކަންވެސް ލިބިވަޑައިގެންނެވިއެވެ.

އަވަހާރަވީއިރު އަމީރު ނާއިފްގެ ޢުމުރުފުޅަކީ 78 އަހަރެވެ.

ޓެގް

ސަޢުދީ ޢަރަބިއްޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.