ރާއްޖޭގެ ޚަބަރު އަންޞާރު ޝާމްގެ ބެނާތައް ހަރުކުރަން ފަށައިފި

އަންޞާރު ޝާމްގެ ބެނާތައް ހަރުކުރަން ފަށައިފި

އަންޞާރު ޝާމްގެ ބެނާތައް ހަރުކުރަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"އަންޞާރުއްޝާމް"ގެ ބެނާ - ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް

ޝާމުކަރައިގެ ބިމުން ބޮޑު ބައެއް ހިމެނޭ ސޫރިއާގެ ކުށެއް ނެތް މުސްލިމު ރައްޔިތުންނާއި ދެކޮޅަށް ބައްޝާރުލް އަސަދުގެ އަސްކަރީ ބާރުތަކުން ހިނގަމުންގެންދާ ޤަތުލްޢާއްމު ތަކާއި ދެކޮޅަށް ދިވެހި ރައްޔިތުން ހޭލކުންތެރިކުރުމަށްޓަކައި އަންޞާރު ޝާމުގެ ޙަރާކާތުން މާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޙަރަކާތުގެ އޮފިޝަލެއް ވިދާޅުވީ މިހަރަކާތް ޢާއްމުގެ ތެރޭގައި ވަރަށް ބޮޑަށް ހޭލުންތެރިވެއްޖެ ކަމަށާއި އަދިވެސް މާލޭގެ ގިނަ ސަރަހައްދުގައި ބޭނާ ހަރުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އަންޞާރުޝާމް ޙަރަކާތުގެ މޮޓޯއަކީ 'ހަނުހުރުމަކީ ޚިޔާނާތެއް' މިޝިއާރެވެ. އެޙަރަކާތުގެ ބެނާތައްވެސް ތައްޔާރުކޮށްފައިވަނީ މިޝިއާރު ހިމެނޭ ގޮތަށެވެ. “އަންޞާރުއްޝާމް”އަކީ ސޫރިޔާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެގައުމުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާ ތަކާއިމެދު ދިވެހި ރައްޔިތުން ހޭލުންތެރިކޮށް ސޫރިޔާގައި އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނާއި، އުޚުތުންނަށް އެހީތެރިވުމުގެ މަޤްސަދުގައި ހިންގަމުންދާ ހަރަކާތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.