އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް އެހީވުމަށް ފަށާފައިވާ ޙަރަކާތުގެ ދަށުން ޓެލެތޯނެއް ބޭއްވުމަށް ނިންމައިފި އެވެ.
އެމިނިސްޓްރީގެ ސްޕޯކްސްޕާސަން އައްޝައިޚް މޫސާ އަންވަރު ޙަސަން "ދިއިސްލާމް"އަށް ވިދާޅުވީ މިމަހުގެ 18 ން 23 ށް ބޭއްވުމަށް ހަމަޖެހިފައިވާ މިޓެލެތޯންގައި ކޮންމެ ދުވަހެއްގައިވެސް މެންދުރު ފަހު 2:30 ން ހަވީރު 4:30 ށް މީޑިއާތައް މެދުވެރިކޮށް މިޓެލެތޯންގެ ޙަރަކާތްތައް ލައިވް ކުރަމުން ދާނެކަމަށެވެ.
ކޭޝް ކާޑުންވެސް މިސްކިތު ފަންޑަށް ފައިސާ ޖަމާކުރުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށާއި، އެސްއެމްއެސް މުދުވެރިކޮށްވެސް ފައިސާ ޖަމާކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝައިޚް މޫސާ އަންވަރު ވިދާޅުވި އެވެ.
ޢިލްމްވެރިންނާއި މީޑިއާތައް ބައިވެރިވުމަށް ހަމަޖެހިފައިވާ މިޓެލެތޯން ބޭއްވުމަށް ހަމެޖެހިފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...