ދަރުސް ޚަބަރު ނޫރުލްއިސްލާމްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ޚާއްޞަ އޮންލައިން ދަރުސެއް މާދަމާރޭ

ނޫރުލްއިސްލާމްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ޚާއްޞަ އޮންލައިން ދަރުސެއް މާދަމާރޭ

ނޫރުލްއިސްލާމްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ޚާއްޞަ އޮންލައިން ދަރުސެއް މާދަމާރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނޫރުލްއިސްލާމްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ޚާއްޞަ ދަރުސެއް މާދަމާރޭ [16 ޖޫން 2012 ވާ ހޮނިހިރު ދުވަހުގެރޭ] 20:15 ގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ. މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޓަނެޓް މެދުވެރިކޮށް ކޮންފަރެންސް ކޯލެއްގެ ގޮތުގަ އެވެ.

"މަގޭ މަންމައާއި ބައްޕަ" މި މައުޟޫޢަށް ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޕެނަލްއަކުންނެވެ. ޕެނަލްގައި ތިއްބަވާނީ ނޫރުލްއިސްލާމްގެ އެޑިޓަރ އައްޝައިޚް މުޙައްމަދު އަނީލް އާއި ޑިޕިޔުޓީ އެޑިޓަރ އައްޝައިޚް ޢަބްދުﷲ ޞިއްދީޤް އާއި ޑިޕިޔުޓީ އެޑިޓަރ އައްޝައިޚް ޢަބްދުލްހާދީ ޙުސައިން އާއި އެޑިޓޯރިއަލް ބޯޑުގެ މެންބަރު އައްޝައިޚް މުޙައްމަދު ޢަފީފު އެވެ.

މި ދަރުސްގައި ސްކައިޕް މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެ ލެއްވޭނެ އެވެ. ސްކައިޕް މެދުވެރިކޮށް ކޮންފަރެންސްގައި ބައިވެރިވެވޭނެ ގޮތް ތިރީގައި މިވަނީ އެވެ.

freeconferencecallhd.5308811400

ސްކައިޕް އިން މިޔޫޒާ އެޑް ކުރައްވާށެވެ.

އެއަށްފަހު ކޯލް އޮންނަ ގަޑިއަށް މިޔޫޒާއަށް ގުޅުއްވާށެވެ.

އަދި ކޯލް ގުޅުމަށްފަހު DIAL PAD ނެންގެވުމަށްފަހު ޕާޓިސިޕެންޓް ކޯޑު ޖެއްސެވުމަށްފަހު # އަށް ފިއްތާލާށެވެ.

DIAL PAD ނެންގެވުމަށްޓަކައި، ސްކައިޕްގެ މެނޫއިން Call ނެންގެވުމަށްފަހު އޭމެނޫއިން Show Dial Pad ސިލެކްޓް ކުރައްވާށެވެ. އެއަށްފަހު، ޕާޓިސިޕެންޓް ކޯޑު ޖެއްސެވުމަށްފަހު # އަށް ފިއްތާލާށެވެ.

ކޮންފަރެންސްގައި ބައިވެރިވުމަށް ބޭނުންވާ ކޯޑު، ދަރުސް ފެށުމުގެ ގަޑިއެއްހާއިރު ކުރިން ފެށިގެން ނޫރުލްއިސްލާމް ވެބްސައިޓުންނާއި ނޫރުލްއިސްލާމްގެ ފޭސްބުކް ޕޭޖް އިން ފެނިވަޑައިގަންނަވާނެ އެވެ.

ކޮންފަރެންސްގައި ސުވާލު ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް ދަރުސްގެ ސުވާލާއި ޖަވާބުގެ ފުރުޞަތުގެ ގަޑީގައި ނޫރުލްއިސްލާމް ފޭސްބުކް ޕޭޖުން ބަލައިގަނެވޭ ނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.