ފ ނިލަންދޫގައި ޤުރުއާނާއި ބެހޭ މަރުކަޒެއް ހުޅުވައިފިއެވެ.
ނިލަންދޫއިން ހަބަރު ލިބިފައިވާގޮތުގައި އިއްޔެ އެރަށުގައި ހުޅުވި މަރުކަޒަކީ ޤުރުއާން ހިތުދަސްކުރުމުގެ ކޯހަކާއި ޤާރީ ލެވެލް 3 ގެ ކޯހަކާއި އަދި ތަޖުވީދު މަގަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ކޯސް ހިންގޭފަދަ މަރުކަޒެކެވެ. އިސްލާމިކް މިނިސްޓާރ ހުޅުއްވައި ދެއްވި މިމަރުކަޒުގައި އަންނަ އަހަރުން ފެށިގެން އިމާމުން ތަމްރީނު ކުރުމުގެ ކޯސް ހިންގޭނެކަމަސް ހަބަރު ލިބެއެވެ.
ދެން އެންމެ އަވަހަށް މިފަދަ މަރުކަޒެއް ހުޅުވާނީ ޅ ނައިފަރުގައިކަމަށް ހަބަރު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...