ނޫރު މިސްކިތުގެ މުންނާރު އަލުން ހަރުކޮށްފިއެވެ.
ދިއިސްލާމްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ނޫރު މިސްކިތުގެ މުންނާރު ހަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައިކަމަށާއި މުންނާރު ހަރު ކުރީ ނޫރު މިސްކިތް ބަލަހައްޓާ އަމިއްލަ ފަރާތުންނެވެ. ނޫރު މިސްކިތުގެ މުންނާރު ނަގާފައިވަނީ ބާރުގަދަ ކޮޅިގަނޑެއްގައި އެމިސްކިތުގެ މުންނާރުގެ ބައެއް އަރިއަޅާލައި މުންނާރަށް ގެއްލުންތަކެއް ލިބިފައިވާތީއެވެ. ނޫރު މިސްކިތުގެ މުންނާރު އަރިއަޅާލާ ގެއްލުން ލިބިފައިވަނީ 25 ޖުލައި 2011 ގެ ހަވީރުގެ ވަގުތެއްގައެވެ.
މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރާއި އަމިއްލަ ފަރުދުން ގުޅިގެން ތަފާތު ހަރަކާތްތައް މިހާރުވެސް ދަނީ ހިންގަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...