އިސްލާމިކް މިނިސްޓްރީގެ ލިޔުންތައް ހިލޭ ބްރޯޑްކާސްޓް ކުރުމުގެ ގޮތުން ބޭނުންކުރުމަށް 'ދިޓީވީ ޝާފިއު'އަށް ހަވާލުކޮށްފިއެވެ.
ދިއިސްލާމްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިނީ ހޭލުންތެރިކަމަށް އިތުރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ތަފާތު ލިޔުންތައް ބްރޯޑްކާސްޓް ކުރުމަށް ބޭނުންވާ ގޮތަށް ތައްޔާރު ކުރުމަށް މ. ބަބުނަ މުހައްމަދު ޝާފިއު (ދިޓީވީ ޝާފިއު)އާ ހަވާލުކޮށްފައިވަނީ އިއްޔެ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތަކަށްފަހުގައެވެ. ދިޓީވީގައި ޕްރެޒެންޓަރެއްގެ ގޮތުން މަސައްކަތްކުރާ ޝާފިއު މި މަސައްކަތް ހަވާލުކޮށްފައި ވަނީ އޭނާގެ އެދުމުގެ މަތިން ހިލޭ ސާބަހަށް ކޮށްދޭ ގޮތަށްކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރިއެވެ.
ޝާފިއު ދިއިސްލާމްއަށް ވިދާޅުވީ، 'މިއީ ފަރުދީގޮތުން އަޅުގަނޑު ކުރަން ނިންމި ކަމެއް' ކަމަށެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މިމަސައްކަތުގެ ތެރެއިން އިސްލާމިކް މިނިސްޓްރީއިން ދަނީ މިފަދަ އެއްބަސްވުންތައް އެކިފަރާތްތަކާއި އެކު ހަދަމުންނެވެ. އެގޮތުން އިއްޔެ ވަނީ ގައިދީންނަށް ދީނީ ތައުލީމު ދިނުމަށް އިސްލާމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...