'ޤުރުއާނާއި ސުންނަތައް ތަބާވުން' މިމަޢުލޫއަށް ޝައިޚް އާދަމް ނިޝާން ދެއްވާ ވަރަށް ޚާއްޞަ ދަރުސެއް މިއަންނަ ބުދަ ދުވަހުގެ ރޭ އޮންނާނެއެވެ.
މިދަރުސް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލެއް ދިއިސްލާމަށް މަޢުލުމާތު ދެއްވަމުން ބުނީ މަސްޖިދިލް ޝަހީދު ޢަލީގައި ދަރުސް ބޭއްވުމުގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ދަރުސް އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އޮފިޝަލް އިތުރަށް ބުނީ ބުދަ ދުވަހުގެ ރޭ އިޝާނަމާދަށް ފަހު ފެށުމަށް ހަމެޖެހިފައިވާ މިދަރުސް ރޭޑިއޯ އެޓޯލްއިން ލައިވު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...