ރާއްޖޭގެ ޚަބަރު ރާއްޖޭއިން ދީނީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް ދީނީ ތަޤުރީރު ކުރުމުގެ ވަގުތީ ހުއްދައެއް ދެނީ

ރާއްޖޭއިން ދީނީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް ދީނީ ތަޤުރީރު ކުރުމުގެ ވަގުތީ ހުއްދައެއް ދެނީ

ރާއްޖޭއިން ދީނީ ތަޢުލީމު ހާސިލުކުރާ ފަރާތްތަކަށް ދީނީ ތަޤުރީރު ކުރުމުގެ ވަގުތީ ހުއްދައެއް ދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒުއިންނާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އިތުރުން ކުއްލިއްޔަތިލް ދިރާސާޠިލް އިސްލާމިއްޔާއިން ފުރަތަމަ ޑިގުރީ ހާސިލުކުރާ ފަރާތްތަކަށް ދީނީ ތަޤުރީރު ކުރުމާއި ވައުޡް ބުނުމުގެ ވަގުތީ ހުއްދައެއް ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ޢާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ "މިހުއްދައިގެ ދަށުން އެއް އަހަރު ދުވަސް ވަންދެން ކަނޑައެޅޭ އުސޫލުގެ ދަށުން ރަނގަޅަށް ގެންގޮސްފިނަމަ ދާއިމީކޮށް އެފަރާތްތަކަށް ހުއްދަ ދެއްވާ ގޮތަށްވެސް ނިންމާފައި" ވާކަމަށެވެ.

މިގޮތަށް މިކަން ނިންމީ އެފަރާތްތަކަށް ޢިލްމީ ގޮތުން ކުރިއަށް ދިއުމުގެ ފުރުޞަތު ހުޅުވާލުމަށާއި ހަމައެކަނި ބޭރުގެ ޤައުމުތަކުން ކިޔަވާ ފަރާތްތަކަށް ހުއްދަ ދެއްވާގޮތަށް އޮތުމުގެ ބަދަލުގައި ދިވެހިރާއްޖޭގައި ކިޔަވާކުދިންނަށް ވެސް މިފުރުޞަތު އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވާތީކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަގުތީ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީން އިންޓަވިއު ކުރުމަށްފަހު މިކަމަށް ޤާބިލު ފަރާތްތަކަށް ކަމަށެވެ. އަދި މިއަދުން ފެށިގެން މިފުރުޞަތު ހުޅުވާ ލާފައިވާ ކމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.