ރާއްޖޭގެ ޚަބަރު ޝައިޚް އިލްޔާސްގެ ދަރުސެއް ބޭއްވުމުގެ ހުއްދަދޭން ފެނޭތޯ ބެލުމަށް ފުވައްމުލަކު މާދަނޑު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

ޝައިޚް އިލްޔާސްގެ ދަރުސެއް ބޭއްވުމުގެ ހުއްދަދޭން ފެނޭތޯ ބެލުމަށް ފުވައްމުލަކު މާދަނޑު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

ޝައިޚް އިލްޔާސްގެ ދަރުސެއް ބޭއްވުމުގެ ހުއްދަދޭން ފެނޭތޯ ބެލުމަށް ފުވައްމުލަކު މާދަނޑު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުވައްމުލަކުގައި ހުންނަ މިސްކިތެއް | ފޮޓޯ: ނަޞްރުﷲ އަދުނާން

ޏ. ފުވައްމުލަކު މާދަނޑު މިސްކިތުގައި އައްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސެއް ބާއްވުމުގެ ހުއްދަދޭން ފެނޭތޯ ބެލުމަށް މާދަނޑު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމަށް ނިންމައިފި އެވެ.

ކައުންސިލުގެ މެންބަރަކު ދިއިސްލާމަށް ވިދާޅުވީ މިއަދު މިބާއްވަނީ، ޝައިޚް އިލްޔާސްގެ ދަރުސެއް މާދަނޑު މިސްކިތުގައި ބޭއްވުމުގެ ހުއްދަ ދޭންފެނޭތޯ ބެލުމަށް ބާއްވާ ބައްދަލުވުމެއް ކަމަށާއި މިބައްދަލުވުމުގައި ރައްޔިތުން ބައިވެރި ވާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ދިނީ ނަޞޭހަތް ދިނުމުގެ ހުއްދަ ދީފައިވާ ކޮންމެ މީހަކަށްވެސް ރާއްޖޭގެ ކޮންމެ މިސްކިތެއްގައި ކައުންސިލްގެ އިތުރު ހުއްދައެއް ނެގުމަކާއި ނުލައި ދަރުސް ދެވޭނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފައިވާތީ، އެކަމަށް ކައުންސިލުގެ ހުއްދަ އެއް ނަގަން ޖެހޭނީ ކީއްވެގެންތޯ ކައުންސިލް މެންބަރާއި ސުވާލު ކުރުމުން މެންބަރު ވިދާޅުވީ އަދި މިހާތަނަށް ޝައިޚް އިލްޔާސްއަށް ދަރުސް ދިނުމުގެ ހުއްދަ ދިނުމަކަށްވެސް އަދި ނުދިނުމަކަށްވެސް ނިންމާފައި ނުވާ ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނުގައި ރަށްރަށުގައި ހުންނަ މިސްކިތްތަކުގައި ކުރެވޭ ހުރިހާ ކަމަކަށް ކައުންސިލުގެ ހުއްދަނަގަން ޖެހޭކަމަށް ކައުންސިލު މެންބަރު ވިދާޅުވި އެވެ.

މާދަނޑުގައި އޮންނަނީ އެމްޑިޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.