ދަރުސް ޚަބަރު "ﷲގެ މަގުގައި ހޭދަކުރުން" މިމައުޟޫއަށް ޝެއިޚް އިލްޔާސް ދެއްވާ ދަރުސް މިރޭ އިސްލާމީ މަރުކަޒުގައި

"ﷲގެ މަގުގައި ހޭދަކުރުން" މިމައުޟޫއަށް ޝެއިޚް އިލްޔާސް ދެއްވާ ދަރުސް މިރޭ އިސްލާމީ މަރުކަޒުގައި

"ﷲގެ މަގުގައި ހޭދަކުރުން" މިމައުޟޫއަށް ޝެއިޚް އިލްޔާސް ދެއްވާ ދަރުސް މިރޭ އިސްލާމީ މަރުކަޒުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ މަރުކަޒު ނަމާދު ކުރާ ބައި. ފޮޓޯ: ގާނިމް

"ﷲގެ މަގުގައި ހޭދަކުރުން" މިމައުޟޫއަށް ޝެއިޚް އިލްޔާސް ދެއްވާ ދަރުސް މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެކަމަށް ދަރުސް އިންތިޒާމް ކުރައްވާ ފަރާތުން ހާމަކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ނަމާދު ކުރާ ބައިގައި ބާއްވާ މިދަރުސްގައި ފިރިހެން ބޭފުޅުންނެކޭ އެއްގޮތައް އަންހެން ބޭކަނބަލުންނަށްވެސް ދަރުސް އަޑުއެހޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ދަރުސް އިންތިޒާމް ކުރާ ފަރާތުން ދިއިސްލާމްއަށް މައުލޫމާތު ދެއްވައެވެ. އެފަރާތުން ހާމަކުރި ގޮތުގައި "ދަރުސްގައި އިސްލާމީ މަރުކަޒުގެ ދެވަނަ ފަންގިފިލާ ފިރިހެން ބޭފުޅުންނަށް ޚާއްސަ ކުރެވިފައިވާއިރު މަރުކަޒުގެ އެންމެ މަތީ ފަންގިފިލާގައި އަންހެން ބޭފުޅުންނަށްވެސް ތިބެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެ"ކަމަށެވެ.

މިދަރުސް ރޭޑިޔޯ އެޓޯލްއިން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ދަރުސް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ. އަދި މިދަރުސްއަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް ދަރުސް އިންތިޒާމް ކުރާ ބޭފުޅުން އެދިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.