ރާއްޖޭގެ ޚަބަރު "ޔާ އުންމަތީ ޔާ އުންމަތީ" ދަރުސްގައި އިސްލާމީ އުންމަތުގެ އަދުގެ ހާލަތާމެދު

"ޔާ އުންމަތީ ޔާ އުންމަތީ" ދަރުސްގައި އިސްލާމީ އުންމަތުގެ އަދުގެ ހާލަތާމެދު

"ޔާ އުންމަތީ ޔާ އުންމަތީ" ދަރުސްގައި އިސްލާމީ އުންމަތުގެ އަދުގެ ހާލަތާމެދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕީސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން މިރޭ  ބާއްވާ އައްޝައިޚް މުޙައްމަދު މޫސާގެ "ޔާ އުންމަތީ ޔާ އުންމަތީ" މިދަރުސަކީ އިސްލާމީ އުންމަތުގެ އަދުގެ ހާލަތާއި މެދު ބާއްވާ ދަރުސެއް ކަމަށް އެޖަމްޢިއްޔާއިން ބުނެފިއެވެ.

އެޖަމްޢިއްޔާގެ އޮފިޝަލަކު ބުނީ އުންމަތަށް ޖުމްލަކޮށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ބެހޭގޮތުންނާއި އެގޮތުން މިހާރު ހޫނުވަމުން އަންނަ ސިރިއާގެ މަސްރަހާބެހޭ ގޮތުން ޝައިޚް އަލިއަޅުވައިލައްވާނެ ކަމަށެވެ.

މިދަރުސް ރޭޑިއޯ އެޓޯލްއިން ލައިވް ކުރުމަށް މަސައްކަތްކުރެވުނު ކަމަށާއި ނަމވެސް ސްޕޮންސަރ ލައިވް ޕްރޮގްރާމް އޮންނަ ރެއަކާ ދިމާވުމުން ލައިވް ކުރެވޭގޮތް ނުވީކަމަށްވެސް އޭނާ ބުންޏެވެ.

ވިލިމާލޭ ބޯޅަ ދަނޑުގައިބާއްވަން ހަމަޖެހިފައިވާ ދަރުސައް ވީހާވެސް ގިނަ ބަޔަކު ވަޑައިގަތުމަށް ޕީސް ފައުންޑޭޝަނުން އެދެއެވެ.

މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.