ސައިންސާއި ޓެކް ޓްވީޓް ޝެޑިއުލް ކުރަން ފަސޭހަ ގޮތެއް!

ޓްވީޓް ޝެޑިއުލް ކުރަން ފަސޭހަ ގޮތެއް!

ޓްވީޓް ޝެޑިއުލް ކުރަން ފަސޭހަ ގޮތެއް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

"ޓްވީޓްޑެކް" އަކީ ފޭސްބުކް އާއި ޓްވިޓަރ އެކައުންޓްތަކަށް ތައްޔާރުކޮށްފައިވާ  ޑޭޝްބޯޑް އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގައި، ޑައިރެކްޓް މެސެޖާއި މެންޝަންކޮށްފައިވާ ޓްވީޓްތައް ވަކިވަކިން ބަލާލެވެން ހުންނައިރު ފޮލޯ ކުރާ އެންމެންގެ ޓްވީޓް އަދި ސްޓޭޓަސް ހޯމް އިން ވަގުތުން އަޕްޑޭޓްވެ ހުރެ އެވެ.

ކޮލަމްތަކަށް ވަކިވަކިން ބަހާލާފައި ހުރުމުން ވާނުވާ އެނގެން ވަރަށް ފަސޭހަ އެވެ. ޓްވީޓްޑެކްގެ އެންމެ ސަޅި ކަމަކީ ޓްވީޓް ޝެޑިއުލް ކުރެވޭތީ އެވެ. ބޭނުން ދުވަހަކަށް ބޭނުން ވަގުތަކަށް ޓްވީޓެއް ޝެޑިއުލް ކުރެވިދާނެ އެވެ. ޝެޑިއުލް ކުރުމަށް ފަހު އެޕްލިކޭޝަން ނިއްވާލިޔަސް އެގަޑިއަކަށް ޓުވީޓް ކުރެވޭނެ އެވެ.

ވިވިންޑޯސް، މެކް އަދި ލިނަކްސްގެ އިތުރުން ކޮރޯމް އޮޕަރޭޓިން ސިސްޓަމަށް ވެސް މި އެޕްލިކޭޝަން   ބޭނުން ކުރެވެ އެވެ. ކޮރޯމް ވެބްސްޓޯރުން "ޓުވީޓްޑެކް" ކޮރޯމްއަށް އަޅާލެވިދާނެ އެވެ. ނޫނީ ޓްވީޓްޑެކް.ކޮމް އިން ހިލޭ ޑައުންލޯޑް ކުރެވިދާނެ އެވެ. އައިފޯނާއި އައިޕެޑްގެ އިތުރުން އެންޑްރޮއިޑްގެ ވަސީލަތްތަކަށް ވެސް މި އެޕްލިކޭޝަން ބޭނުން ކުރެވެ އެވެ.

ޓުވިޓަރއިން މިހާރު ވަނީ "ޓުވީޓްޑެކް" އަމިއްލަ ކޮށްފަ އެވެ. އެގޮތުން ޓްވިޓަރއިން "ޓުވީޓްޑެކް" ގަނެފައި ވަނީ 50 މިލިއަން ޑޮލަރަށް ކަމަށް މަޢުލޫމާތު ލިބެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.