ސައިންސާއި ޓެކް

ސަމްސަންގް ގެލެކްސީ އެސް 3

 

ސްމާރޓް ފޯނެއްގެ ވާހަކަ ދައްކާނަމަ ދެކެވޭނީ ގެލެސްސީ އެސް 3 ގެ ވާހަކައެވެ. ސަބަބު ތަކެއް ނެތިއެއް ނޫނެވެ. މިފޯނުގެ ހިތްގައިމު ފީޗާތަކާއި ޗާލުކަމުންނެވެ. މިފޯނުގަތުމައް މީހުން ކެތްމަދުވެފައިވާވަރު ވަރަށް ސާފެވެ. ފޯނުދައްކާލުމާއި އެކު 9 މިލިޔަން ޕްރީ އޯރޑަރ ލިބިފައިވާކަމަށް ކޮރެޔާ އެކޮނޮމިކް ޑެއިލީއިން ހާމަކޮއްފައިވެއެވެ.މިފޯނު ރަސްމީކޮން ބާޒާރައްނެރޭނީ މޭމަހުގެ 28 ގައެވެ. އެހެންނަމަވެސް ދުބާއީގެ ބާޒާރުން އެއްހަފްތާކުރިން ލިބެން ފަށައިފިއެވެ.

ގެލެކްސީ އެސް 2 އާއި އަޅާ ބަލާއިރު ގެލެކްސީ އެސް 3 ގައި ވަނީ ވަރަށް ގިނަޙިދުމަތްތަކެއް ތަރައްޤީކޮށްފައެވެ. މިފޯނާއިއެކު ސަމްސަންގް އިންވަނީ ވަޔާލެސް ޗާޖަރެއްވެސް އުފައްދާފައެވެ. ފުލްޗާރޖް ވުމުން އަމިއްލައަށް ޗާޖުވުން ހުއްޓޭނެއެވެ. މިޗާޖަރު ވުޖޫދައްނެރޭނީ މިއަހަރުގެ ފަހުކޮޅުއެވެ.

ގެލެކްސީ އެސް 2 ގެ 20 މިލިޔަން ފޯނު ސަމްސަންގްއިން ވަނީ ވިއްކާފައެވެ. ގެލެކްސީ އެސް ގެ ތިންވަނަ ބޮޅަކީވެސް ސުޕަ ހިޓަކަށް ވާނޭކަމަށް މުރާސިލުން ލަފާކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *