މިސްކިތު ފަންޑުގެ ބެންކް އެކައުންޓް އާންމުކޮށްފިއެވެ.
ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ހާމަކުރި ގޮތުގައި ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ބްރާންޗްތަކެއް މެދުވެރިކޮށްވެސް މިސްކިތު ފަންޑަށް ފައިސާ ޖަމާކުރެވޭނެ އެވެ. މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖޭގައި ހިންގާ މިސްކިތު ހަފުތާގެ ދަށުން ހުރިހާ އަތޮޅެއްގައިވެސް ޙަރަކާތްތައް ހިންގާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އެމިނިސްޓްރީން ބުނީ މިޙަރަކާތުގައި މާލެ، ވިލިމާލެ، ހުޅުމާލޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް މިއަދު ފަންޑުފޮށިތަކެއް ބަހައްޓައިގެން އެހީތެރިވެދެއްވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާއި، އޭގެ އިތުރުން މިހަފުތާގައި އެމިނިސްޓްރީއަށް ވަޑައިގެންވެސް އެހީވެދެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
މިސްކިތު ފަންޑުގެ އެކައުންޓް ނަންބަރަކީ:
Account number: 7799 – 099999 - 014
Account name: Miskiy Fund
Currency: MRF
Bank : Bank of Maldives - BML

ކޮމެންޓް (0)
ލޯޑް ކުރަމުން...