ރާއްޖޭގެ ޚަބަރު ސޫރިޔާގެ މަސްރަޙްގެ ކަވަރ ސްޓޯރީއާއެކު ދިއިސްލާމް މަޖައްލާގެ 13 ވަނަ ޢަދަދު ނެރެފި

ސޫރިޔާގެ މަސްރަޙްގެ ކަވަރ ސްޓޯރީއާއެކު ދިއިސްލާމް މަޖައްލާގެ 13 ވަނަ ޢަދަދު ނެރެފި

ސޫރިޔާގެ މަސްރަޙްގެ ކަވަރ ސްޓޯރީއާއެކު ދިއިސްލާމް މަޖައްލާގެ 13 ވަނަ ޢަދަދު ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

"ސޫރިޔާގައި ހިނގަމުންދާ އަނިޔާވެރިކަމުގެ ޙަޤީޤަތް" ކަވަރ ސްޓޯރީއާއެކު ދިއިސްލާމް މަޖައްލާގެ 13 ވަނަ ޢަދަދު [2012 ޖޫން މަހުގެ ޢަދަދު] ބާޒާރަށް ނެރެފިއެވެ.

"އަމާންކަން ވަނީ ނާމާންކަމަށް ބަދަލުވެފައެވެ. އުފާވެރިކަންވަނީ ހިތާމައަށް ބަދަލުވެފައެވެ. ހިތްހަމަޖެހުންވަނީ ނުތަނަވަސް ކަމަށް ބަދަލުވެފައެވެ. ކުޑަކުޑަ ކުދީން އަނިޔާވެރިކަމުގައި މަރާލެވިފައިވެއެވެ." ... "އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަނެ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމަށްފަހު ހަށިގަނޑުން ފުރާނަ އެބަ ވަކިކުރެވެއެވެ. މިއީ ފަހުގެ ތާރީޚްގައި ބަޔަކު މީހުން ދެކެފައިވެސް ނުވާފަދަ އަނިޔާވެރިކަމުގެ އިންތިހާ ދަރަޖަ ހާމަވާ ކަންކަމެވެ." މިއީ ސޫރިޔާގެ ހިނގަމުންދާ އަނިޔާވެރިކަމާ ބެހޭގޮތުން ދިއިސްލާމް މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވަރ ސްޓޯރީގައި ލިޔުންތެރިޔާ ލިޔުއްވާފައިވާ ލިޔުމުން ނަގާފައިވާ ކުޑަ ތަންކޮޅެކެވެ. މަތީގައިވާ ޢިބާރާތްތައް ކިޔާލުމުންވެސް ސޫރިޔާގެ ހިނގަމުންދާ އަނިޔާވެރިކަން ސިފަކުރެވިގެންދެއެވެ.

މިލިޔުމުގައި ލިޔުންތެރިޔާ ބަޔާންކޮށްފައިވަނީ ސޫރިޔާގައި އަތްގަދަކުރަމުންދާ ބައްޝާރުލް އަސަދުގެ ހައްދުފަހަނައަޅާފައިވާ ޝިޢަޢީ ސަރުކާރުގެ ހަޤީޤަތާއި، އެސަރުކާރުން އެޤައުމުގެ އަޣުލަބިއްޔަތު ކަމުގައިވާ ސުންނީންއި ދެކޮޅަށް ހިނަގަމުންގެންދާ އަނިޔާވެރިކަމުގެ ޙަޤީޤަތެވެ. މިލިޔުން ކިޔާލުމުން ސޫރިޔާގެ މައްސަލައިގެ ހަޤީޤަތް ކަޝްފުވެގެންދާނެއެވެ. ލިޔުއްވާފައިވަނީ އައްޝައިޚް މުޙައްމަދު ޠައްޔިބު ޢަބްދުލްޙަކީމްއެވެ.

މިލިޔުމުގައި ޝައިޚް ޠައްޔިބު ވަނީ ތާރީޚީ ނަޒަރަކުން ޝިޢަޢީން ސޫރިޔާގައި އަތްގަދަކުރަން ކުރި މަސައްކަތް ވަރަށް ފުރިހަމައަށް ގެނެސްދެއްވާފައެވެ.

ދިއިސްލާމް މަޖައްލާގެ މިފަހަރުގެ ޢަދަދުގައިވެސް ކިޔުންތެރިންގެ މަޤުބޫލު ކޮލަމްތައްވނީ ހިމަނާފައެވެ. އެގޮތުން "ތާރީޚްގެ ފަތްފުށްތަކުން" ، "ޞިއްޙީ މަޢުލުމާތުގެ ވެށި" ކިޔުންތެރިންގެ މަޤުބޫލުކަމެއް ލިބިފައިވާ "އެނގޭތަ" ކޮލަމްއާއި ތުއްތު ކުދިންގެ މަޤުބޫލުކަން ލިބިފައިވާ "ދޮންދޫނި ބަގީޗާ" އާއި "ސުފުރާ" ކޮލަމްގެ އިތުރުން އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު ޢިބްރާހިމް  ގެނެސްދެއްވާ "އަޖްނަބީ" ކޮލަމްވެސް މިފަހަރުގެ ޢަދަދުގައި ހިމެނެއެވެ.

މިފަހަރުގެ ޢަދަދުގައި ފާހަގަކޮށްލެވޭ ލިޔުންތަކުގެ ތެރޭގައި މީގެ 60 އަހަރު ކުރިން ސުމްވުލްއަމީރު މުޙައްމަދު އަމީންގެ މަސްޢޫލުވެރިކަމުގެ ދަށުގައި ނެރުއްވި "ސަރުކާރުގެ ޚަބަރު" ނޫހުގެ 118 ވަނަ ޢަދަދުގައި ޝާޢީކޮށްފައިވާ "އިސްލާމްދީނުގެ ދީލަތި ޙުކުމަކީ މަރަށް މަރެވެ." މިލިޔުން ހިމަނާފައިވަނީ "ތާރީޚީ ފަތްފުށްތަކުން" މިކޮލަމުގައެވެ. އޭގެ އިތުރުން އައްޝައިޚް އާދމް ޝަމީމް ބިން ޢިބުނު ޢިބްރާހިމް ލިޔުއްވާފައިވާ "މަލާއިކަތުން ބިމުގައި" މިލިޔުމާއި  އައްޝައިޚް ޢަލީ ރިޟާ އަޙްމަދު ލިޔުއްވާފައިވާ "އަހަރެމެންނަށް ޤުރުއާނުން ފައިދާ ނުކުރަނީ ކީއްވެ" ޢަލީ މަފާޒު ލިޔުއްވާފައިވާ "ތާރީޚީ ނަޒަރަކުން ދިވެހިންގެ ތުނބުޅި" ފަދ ލިޔުންތައް ހިމެނެއެވެ.

މިފަހަރުގެ ޢަދަދުގައިވެސް ރާއްޖެއާއި އިސްލާމީ ދުނިޔެއާއި ގުޅުން ހުރި ޚަބަރުތައް ވަނީ ހިމަނާފައެވެ.

ދިއިސްލާމް މަޖައްލާއަކީ އޭޕްރީލް 7، 2011 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި ރެޖިސްޓްރީ ކުރެވިގެން މަހަކު އެއްފަހަރު ނެރެމުންދާ މަޖައްލާއެކެވެ. މިމަޖައްލާއަކީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތުތަކުން މުއްސަނދިކުރެވިފައިވާ ޢާއިލީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނެރެފައި ވަނީ ޖޫން 1، 2011 ގައެވެ.

ދިއިސްލާމް މަޖައްލާގެ އަގަކީ 15 ރުފިޔާއެވެ.

ދިއިސްލާމް މަޖައްލާ މާލެއިން ލިބެންހުންނާނެ ތަންތަނުގެ ތެރޭގައި ޝޮޕް4މުސްލިމްސް.ކޮމް، އަސްރަފީ ބުކްޝޮޕް، ނޮވެލްޓީ ބުކްޝޮޕް، ޗާންދާލިޔާ ބުކްޝޮޕް، މިލިއަން ބުކްޝޮޕް، ރާދަ ބުކްޝޮޕް، ނޮލެޖް ބުކް ސެންޓަރ، ރައުންޑުވަން ބުކްޝޮޕް، ޕްލާޒާ ޓެކްސްޓައިލް، 70 ނަންބަރު ފިހާރަ، ރިސާލާ ބުކްޝޮޕް، ފޮންޓާނާ ބުކްޝޮޕް، އަބާޔާ ފިހާރަ، ފްރީޒް ބްރޭންޑް އަދި ޖިލްބާބު ސޭލް ހިމެނެއެވެ.

“ޝޮޕް4މުސްލިމްސް.ކޮމް”ގެ ފަރާތުން ދަނީ ދިއިސްލާމް މަޖައްލާ މާލޭގެ ކޮންމެ ތަނަކަށްވެސް ގެންގޮސްދިނުމުގެ ޚިދުމަތްދެމުންނެވެ.
އެގޮތުން މަޖައްލާ ބޭނުންވާ ފަރާތްތަކުން ނަންބަރު 7848414 ށް ގުޅުއްވާފައި އެދިލެއްވުމުން އެބޭނުންވާ ތަނަކަށް ގެންގޮސްދެވޭނެ ކަމަށް “ޝޮޕް4މުސްލިމްސް.ކޮމް”އިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.