ރާއްޖޭގެ ޚަބަރު ޝާހާ އަލްޓަނޭޓިވް މެޑިކަލް ސެންޓަރުގެ ނަމުގައި ހަށި ވިއްކާ ތަނަކުން ތިން ދިވެހިންނާއި ހަތަރު ބިދޭސީން ހައްޔަރުކޮށްފި

ޝާހާ އަލްޓަނޭޓިވް މެޑިކަލް ސެންޓަރުގެ ނަމުގައި ހަށި ވިއްކާ ތަނަކުން ތިން ދިވެހިންނާއި ހަތަރު ބިދޭސީން ހައްޔަރުކޮށްފި

ޝާހާ އަލްޓަނޭޓިވް މެޑިކަލް ސެންޓަރުގެ ނަމުގައި ހަށި ވިއްކާ ތަނަކުން ތިން ދިވެހިންނާއި ހަތަރު ބިދޭސީން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހަށި ވިއްކަމުން ދަނިކޮށް ރޭ ފުލުހުން އަތުލައިގަތް ޝާހާ އަލްޓަނޭޓިވް މެޑިކަލް ސެންޓަރ. ފޮޓޯ: ސަން

މާފަންނު ގަޑިބުރު ކައިރީގައި ހުންން ޝާހާ އަލްޓަނޭޓިވް މެޑިކަލް ސެންޓަރުގެ ނަމުގައި ހަށި ވިއްކަމުން ދިޔަ ތަނަކުން ދިވެހި ތިން ފިރިހެނުންނާއި ލަންކާގެ ފިރިހެނަކާއި ތައިލެންޑުގެ ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ބައެއް މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި އެތަނުން ހައްޔަރު ކުރި ހަތަރު ފިރިހެނުން ހައްޔަރު ކޮށްފައިވަނީ އެތަނުގައި ބަދުއަޚްލާޤީ ޢަމަލު ހިންގަމުން ދަނިކޮށެވެ.

ރޭ 11 ޖެހި އިރު އަދި ފުލުހުން އެތަނަށް ވަތް އިރު އެތަނުގެ ދެކޮޓަރިންވެސް ބަދު އަޚްލާޤީ ޢަމަލު ހިންގަމުން ދިޔަކަމަށް އެމީޑިއާއިން ހާމކޮށްފައި ވެއެވެ.

އަތަނުން ހައްޔަރުކުރި 7 މީހުންނާއެކު ދަބަހަކާއި ކޮތަޅެއްވެސް ފުލުހުން ވަނީ ހޯދާފައެވެ. ނަމަވެސް އެދަބަހާއި ކޮތަޅުގައި ހުރީ ކޯއްޗެއްކމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.