ރާއްޖޭގެ ޚަބަރު ޒިންމާދާރު ކޮންފަރާތްތަކެއް ކަމެއްނޭންގޭ ފަންޑުފޮށިތަކަށް ފައިސާ ހަދިޔާނުކުރުމަށް އިސްލާމިކް މިނިސްޓްރީއިން ގޮވާލައިފި

ޒިންމާދާރު ކޮންފަރާތްތަކެއް ކަމެއްނޭންގޭ ފަންޑުފޮށިތަކަށް ފައިސާ ހަދިޔާނުކުރުމަށް އިސްލާމިކް މިނިސްޓްރީއިން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ޒިންމާދާރު ކޮންފަރާތްތަކެއްކަމެއް ނޭންގޭ ފަރާތްތަކުން ބަހައްޓާފައި ހުންނަ ފަންޑު ފޮށިތަކަށް ފައިސާ ހަދިޔާނުކުރުމަށް އިސްލާމިކް މިނިސްޓްރީއިން ގޮވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީއިން މިގޮތައް ގޮވާލައިފައިވަނީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަޙްމަދުﷲ ޖަމީލު ދިއިސްލާމަށް ދެއްވި ބަސްތީގަތުމެއްގައެވެ.

އަޙްމަދުﷲ ވިދާޅުވީ ޒިންމާދާރު ކޮންފަރާތްތަކެއްކަމެއް ނޭންގޭ ބައެއް ފަރާތްތަކުން މިސްކިތްތަކުގައި ޕާކިސްތާނަށް އެހީވުމުގެ ނަމުގައި ފޮށިތައް ބަހައްޓަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށެވެ. ޒިންމާދާރު ކޮންފަރާތްތަކެއްކަމެއް ނޭންގޭ ފަންޑުފޮށިތައް މިސްކިތްތަކުގައި ނުބެހެއްޓުމަށާއި އަދި މިފަދަ ފަންޑުފޮށިތަކަށް ފައިސާ ހަދިޔާ ނުކުރުމަށްވެސް ޢިލްތިމާސްކުރާކަމަށް  އަޙްމަދުﷲ ވިދާޅުވިއެވެ.

ޕާކިސްތާނަށް އެހީވުމުގެނަމުގައި ރަޖިސްޓަރީނުކުރާ ޒުވާނުންގެ ގުރޫޕުތަކަށް ނިސްބަތްވާ ބައްގުރޫޕުތަކުން މާލެއާއި ހުޅުމާލޭގައި ފޮށިތައް ބަހައްޓަމުންދާކަމުގެ މަޢުލޫމާތު ދިއިސްލާމަށް ވަނީ ލިބިފައެވެ.

ޓެގް

އެހީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.