ރާއްޖޭގެ ޚަބަރު ޢިލުމުވެރިންގެ މަހާސިންތާއަށް ސްދެއިސް އާއި މިޞްރުގެ މުފުތީއަށް ދައުވަތު އަރުވައިފި

ޢިލުމުވެރިންގެ މަހާސިންތާއަށް ސްދެއިސް އާއި މިޞްރުގެ މުފުތީއަށް ދައުވަތު އަރުވައިފި

ޢިލުމުވެރިންގެ މަހާސިންތާއަށް ސްދެއިސް އާއި މިޞްރުގެ މުފުތީއަށް ދައުވަތު އަރުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލީލަތުއްޝައިޚް ޢަބްދުރަހުމާން ސްދޭޝް އަދި މިޞްރުގެ މުފުތީ ފަލީލަތުއްޝައިޚް ޢަލީ ޖުމާ

އިސްލާމްމިކް މިނިސްޓްރީއިން މިއަހަރު ބާއްވާ ޢިލުމުވެރިންގެ މަހާސިންތާއަށް ހަރަމްފުޅުގެ ޢިމާމު ފަލީލަތުއްޝައިޚް ޢަބްދުރަހުމާން ސްދޭސްއަށާއި މިޞްރު މުފުތީ  ފަލީލަތުއްޝައިޚް ޢަލީ ޖުމާއަށް ދަޢުވަތު އަރުވާއިފިއެވެ.

އިސްލާމިކް މިނިސްޓްރީއން ބުނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާގެ ތާރީޚް އަދި ކަނޑައެޅިފައި ނުވާ ކަމަށާއި އެ ދެ ބޭފުޅުންނަށް ފޮނުއްވެވި ދައުވަތައް ޖަވާބު ލިބުމުން މަހާސިންތާގެ ތާރީޚް ކަނަޑައެޅިގެން ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ޢިލުމުވެރިންގެ މަހާސިންތާގެ މަޢުލޫއަކީ 'އިސްލާމް ދީނާއި މެދު ކުރެވޭ ކުށްހީތައް' މިއެވެ.

ފުރަތަމަ ފަހަރަށް ޢިލުމުވެރިންގެ މަހާސިންތާ ބާއްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅުގައެވެ. އެމަހާސިންތާ ބާއްވާފައިވަނީ ޢިލުމުވެރިންގެ މެދުގައި އިޙްލާފު އުފެދޭ މައްސަލަތައް' މިމަޢުލޫއަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.