އަރަބިދުނިޔެ މެދުއިރުމަތީގެ ޞުލްޙައިގެ ވާހަކަތަކަށް އިސްރާއީލުން ހުރަސްއަޅަމުންދާކަމަށް ފަލަސްތީނުގެ ރައީސް ވިދާޅުވެއްޖެ

މެދުއިރުމަތީގެ ޞުލްޙައިގެ ވާހަކަތަކަށް އިސްރާއީލުން ހުރަސްއަޅަމުންދާކަމަށް ފަލަސްތީނުގެ ރައީސް ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

މެދުއިރުމަތީގެ ޞުލްޙައިގެ ވާހަކަތަކަށް އިސްރާއީލުން ހުރަސްއަޅަމުންދާކަމަށް ފަލަސްތީނުގެ ރައީސް ވިދާޅުވެއްޖެއެވެ.

ސުލްހައިގެ ވާހަކަތައް ފަށާފައިވަނިކޮން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައިވަނީ "އިސްރާއީލުން ހުރަސް އެޅުމުގެ ގޮތުން ޔަހޫދީ އާބާދީތަކުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމުމަކީ ވަރަށް ހިތާމަ ކުރަންޖެހޭ މައްސަލައެއްކަމަށާއި ޞުލްޙައިގެ ވާހަކަތަކަށް ބުރޫ އަރާގޮތަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ވާހަކަ ދައްކަވަމުން ގެންދަވާ" ކަމަށެވެ.

ފަލަސްތީނު/އިޒްރޭލުގެ ސުލްހައިގެ މަޝްވަރާތައް އެމެރިކާ މެދުވެރިއަކަށް ހުރެ ފަށާފައިވާއިރު އިޒްރޭލުންދަނީ މަޝްވަރާތަކަށް ހުރަސް އެޅޭފަދަ ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ. އެގޮތުން ދާދިފަހުން އިޒްރޭލުގެ އިސްވެރިއަކު ވަނީ 'އިސްރާއީލުން ޔަހޫދީ އާބާދު ކުރުމުގެ މަސައްކަތް ހުއްޓާ ނުލާނެކަމަށް' މީޑިއާއަށް ހާމަކޮށްފައެވެ. އަދި ސުލްހައިގެ ވާހަކަތައް ފަށާފައިވަނިކޮން އިޒްރޭލުން ވަނީ މިމަހު 26 ވަނަ ދުވަހު ޔަހޫދީ އާބާދު ކުރުމުގެ މަސައްކަތް އަލުން ފެށުމަށް ރާވަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ.

އެމެރިކާ މެދުވެރިއެއްގެ ރޯލް ކުޅޭ މިމަޝްވަރާތަކަކީ ބައެއް މީޑިއާތަކުން ސިފަކުރާގޮތުގައި 'ޑްރާމާ'އެކެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.