ރާއްޖޭގެ ޚަބަރު އަރުޙަމްގެ މަރާއި ގުޅޭ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް އެޑިއުކޭޝަނުން ގޮވާލައިފި

އަރުޙަމްގެ މަރާއި ގުޅޭ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް އެޑިއުކޭޝަނުން ގޮވާލައިފި

އަރުޙަމްގެ މަރާއި ގުޅޭ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް އެޑިއުކޭޝަނުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒަހަމްތަކާއެކު ކުއްލިއްޔާއާއި އިންވެގެން އޮންނަ ޕާކުގައި މަރާލައިފައި އޮއްވާ ފެނުނު މުޙައްމަދު އަރުހަމް

ކުއްލިޔަޠިލް ދިރާސާތިލް އިސްލާމިއްޔާއާއި އިންވެގެން އަންނަ ޕާކު ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ދަރުމަވަންތަ ސުކޫލުގެ ގުޜޭޑް 9 ބީ ގައި ކިޔަވަމުން އަންނަ ޢުމުރު 16 އަހަރުގެ މުޙައްމަދު އަރުޙަމް މަރާލި މީހުންނާއި އެ ޙަމަލައާ ގުޅުންހުރި ފަރާތްތަކުގެ ތަޙްޤީޤު އަވަހަށް ހިންގައި އެކަމުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ކާމާއި ބެހޭ ފަރާތްތަކަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގޮވާލައިފިއެވެ.

މިކަމާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދަރިވަރުންނަކީ މުޖުތަމަޢުގެ އެންމެންގެ ލޯބި ލިބެންޖެހޭ ބަޔަކަށް ވީހިނދު ދަރިވަރުންނަށް އަމާޒުކޮށް ހިންގާ މިފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓުވަން މުޅި މުޖުތަމަޢުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ހއ. ހޯރަފުށީ ނޫރީގޭ، މުޙައްމަދު އަރުޙަމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާތީ އެ ލާއިންސާނީ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"މިހާދިސާގައި ނިޔާވި މުޙައްމަދު އަރުހަމްގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން އިތުރު ކުރައްވާށި އެވެ! އަދި މިހިތާމަވެރި ދަނޑިވަޅުގައި، އެ މަރުހޫމްގެ އާއިލާއަށް ތަޢުޒިއާ ދަންނަވަމެވެ" އެޑިއުކޭޝަންގެ ބަޔާނުގައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.