ރާއްޖޭގެ ޚަބަރު ޝައިޚް އިލްޔާސްއަށް ނެއްލައިދޫއިން ކީ މަރުޙަބާ، އެމްޑީޕީގެ އެހެން ކައުންސިލުތަކުން ނަމޫނާއަކަށް ނެންގެވުމަށް ޢަދާލަތުން ގޮވާލައިފި

ޝައިޚް އިލްޔާސްއަށް ނެއްލައިދޫއިން ކީ މަރުޙަބާ، އެމްޑީޕީގެ އެހެން ކައުންސިލުތަކުން ނަމޫނާއަކަށް ނެންގެވުމަށް ޢަދާލަތުން ގޮވާލައިފި

ޝައިޚް އިލްޔާސްއަށް ނެއްލައިދޫއިން ކީ މަރުޙަބާ، އެމްޑީޕީގެ އެހެން ކައުންސިލުތަކުން ނަމޫނާއަކަށް ނެންގެވުމަށް ޢަދާލަތުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނެއްލައިދޫ ކައުންސިލުގެ މެންބަރުން. ފޮޓޯ: ނެއްލައިދޫ އޮންލައިން

ޢަދާލަތު ޕާޓީގެ ޢިލުމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ޙުސައިން ހދ. ނެއްލައިދޫއަށް ވަޑައިގަތުމުން ނެއްލައިދޫ އެމްޑީޕީ ކައުންސިލުގެ ފަރާތުން ދެންނެވި ހުނު މަރުޙަބާ، އެމްޑީޕީއަށް ނިސްބަތްވާ އެހެން ކައުންސިލު ތަކުން ނަމޫނާއަކަށް ނެންގެވުމަށް ޢަދާލަތު ޕާޓީއިން ގޮވާލައިފއެވެ.

ޢަދާލަތު ޕާޓީ އޮފިޝަލަކު ދިއިސްލާމަށް ވިދާޅުވީ ނެއްލައިދޫ ރައްތިތުން އެދައްކައިދިނީ އެރަށުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ބޭނުންވެފައި ތިބި މިންވަރު ކަމާށާއި ނެއްލައިދޫ ކައުންސިލަށާއި ނެއްލައިދޫ އެމްޑީޕީ މެންބަރުންނަށާއި އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށާއި ވަކި ޕާތީއަކަށް ނިސްބަތް ނުވާ ފަރާތްތަކުން ދެއްވި އެއްބާރު ލުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށް ޢަދާލަތުގެ އޮފިޝަލް ވިދާޅުވިއެވެ.

ނެއްލައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ ނެއްލައިދޫއިން ޢިލުމުވެރިންނަށް އަބަދުވެސް މަރުޙަބާ ކިޔާނެކަމަށާއި، އެގޮތުން ޝައިޚް އިލްޔާސް އެރަށަށް ވަޑައިގަތުމުން ކައުންސިލުގެ މެންބަރުން ޝައިޚް އިލްޔާސް ހުންނެވިގެއަށް ވަޑައިގެން ބައްދަލުކުރެއްވިކަމަށް ރަޝީދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރަށުގެ އިޖުތިމާޢީ ހާލަތު އޮތްގޮތް ޝައިޚް އިލްޔާސްއަށް ދެންނެވިކަމަށާއި ދަރުސްގައި އަލިއަޅުވާލާނެ މަޢުލޫތައްވެސް ޝައިޚް އިލްޔާސްއަށް ދެންނެވިފިވާކަމަށް ރަޝީދު ވިދާޅުވިއެވެ.

ނެއްލައިދޫ ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީ ހަތަރު މެންބަރުންގެ އިތުރުން ޑީއާރްޕީގެ އެއް މެންބަރެކެކެވެ.

އެއަތޮޅު ވައިކަރަދޫއަށް ޝައިޚް އިލްޔާސް އާއި ޝައިޚް ޢިމްރާން ވަޑައިގަތުމުން އެރަށުގެ އެމްޑީޕީ ކައުންސިލުންވަނީ އެރަށުގައި ދަރުސް ދިނުންމަށް ހުރަސް އަޅާފައެވެ. އަދި ޝައިޚް އިލްޔާސް އާއި ޝައިޚް ޢިމްރާން ރަށަށް އެރިއަ ނުދިނުނުމަށް އެރަށު ކައުންސިލުގެ މެންބަރުން ވަނީ މުޒާހަރާ ކޮށްފައެވެ.

އަދި ހަމަ މިދިއަ ހަފުތާގައި ބ އަތޮޅަށް އިސްލާމިކް މިނިސްޓްރީގެ ވަފުދު ތައް ވަޑައިގަތުމުން އަތޮޅުގެ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބައެއް ކައުންސިލުތަކުނަވަނީ ޢިލުމުވެރިންނަށް ހުރަސްއަޅައި އެރަށް ރަށުގައި ވޯކް ޝޮޕާއި ދަރުސް ބޭއްވުން މަނާ ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.