
ޒުވާނުންތަކެއް އިސްނަގައިގެން ފުރުޤާން މިސްކިތުގައި އިންތިޒާމު ކުރި ދަރުސެއްގެ ތެރެއިން. ދިއިސްލާމް ފޮޓޯ: ޢިބްރާހިމް އަޝްވާޤު
އަމިއްލަ ފަރުދުންތަކެއް އިސްނަގައިގެން މާލޭގައި ކޮންމެ މަހަކު ދެފަހަރު ސިލްސިލާ ދަރުސްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މިދަރުސްތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ޢަލީ ޝިފާހު ބުނީ މިދަރުސްތައް ކޮންމެ މަހަކު ދެފަހަރު ބާއްވާނެ ކަމަށާއި ދަރުސްތައް އިންތިޒާމު ކުރަނީ ހުކުރު ނުވަ ހޮނިހިރު ދުވަހުގެ ރެއާއި ދިމާވާ ގޮތައް" ކަމަށެވެ.
ޝިފާހު ބުނީ މިދަރުސްތަކަށް ޢިލުމުވެރިން އަދި ހަމަ ނުޖެހޭ ކަމަށާއި އެހެންކަމުން ދަރުސް ބާއްވާނެ ތާރީޚަކާއި މަޢުލޫވެސް އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ. އަދި އެކަމުގައި އަދާލަތު ޕާޓީ އާއި އިސްލާމިކް މިނިސްޓްރީއާއި ޖަމްޢިއްޔަތުއް ސަލަފަށާއި ޕީސް ފައުންޑޭޝަންއަށް މިއަދު ސިޓީއެއް ފޮނުވުމަށް ތައްޔާރު ވަމުންދާ ކަމަށްވެސް ޝިފާހު ވިދާޅުވިއެވެ.
ޝިފާހު އިތުރަށް ބުނީ މިދަރުސްތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ އެއްވެސް ފަރާތަކީ އެއްވެސް ޖަމްޢިއްޔާއަކަށް ނިސްބަތް ނުވާ ވަކި ފަރުދުންތަކެއް ކަމަށެވެ.
މިކަމަށް އެހީވާން ބޭނުންވާ ފަރާތުން މިކަމުގައި އިސްކޮށް އުޅުވާ ޝިފާހުއަށް (7755290) އަށް ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...