ރާއްޖޭގެ ޚަބަރު ސީރިޔާގެ ހައުލާ ގައި ހިންގި ޤަތުލު ޢާއްމު ދިވެހިރާއްޖެ އިން ކުށްވެރި ކޮށްފި

ސީރިޔާގެ ހައުލާ ގައި ހިންގި ޤަތުލު ޢާއްމު ދިވެހިރާއްޖެ އިން ކުށްވެރި ކޮށްފި

ސީރިޔާގެ ހައުލާ ގައި ހިންގި ޤަތުލު ޢާއްމު ދިވެހިރާއްޖެ އިން ކުށްވެރި ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިއާގެ ހައުލާގައި ހިންގި ޤަތުލު ޢާއްމުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ހަށިތައް: އެލްއޭ ޓައިމްސް

ބައްޝާރުލް އައްސަދުގެ އަސްކަރީ ބާރުތަކުން މިދިޔަ ހުކުރު ދުވަހު ސީރިއާގެ ޙައުލާގައި 100 ވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލުމަށްފަހު ހިންގި ޤަތުލު ޢާއްމު ދިވެހި ޚާރިޖިއްޔާއިން ކުށްވެރިކޮށްފިއެވެ.
ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސީރިއާގެ ހައުލާގައި ހިންގި ޤަތުލް ޢާއްމަކީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ދުނިޔޭގެ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ލާ އިންސާނީ ޖަރީމާއެއް ކަމަށެވެ.
އަދި މި ޖަރީމާ ހިންގާފައިވާ ގޮތް ބަލައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލާ ކަމަށްވެސް ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވެއެވެ.
އދ އާއި ހާވޅާދީ ފޮރިން މިނިސްތްރިއިން ބުނެފައިވަނީ މިޤަތުލްޢާއްމުގައި 90 މީހުން ރަހުމު ކުޑަ ގޮތަކަށް މަރާލެވިފައިވާ ކަމަށާއި އޭގެތެރެއިން މަރާލެވުނު ކުދަ ކުދިންގެ ޢަދަދު 32 އަރާކަމަށެވެ.
އދ ޢާއި ހަވާލާދީ ފޮރިން މިނިސްޓްރީއިން މިހެން ބުނި ކަމުގައިވިއަސް 'ދަ ވޯލްޑް ޓްޑޭ' ނިއުސް އެޖެންސީއިން ބުނެފައިވަނީ ހައުލާގެ ޤަތުލް ޢާއްމުގައި 108 މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި 49 ކުޑަ ކުދިންނާއި 34 އަންހެނުން ކަމަށެވެ.
މިޤަތުލްޢާއްމު ކުށްވެރި ކުރުމަށް އދ ގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް އިއްޔަ ވަނީ ބާއްވާފައެވެ.

ޓެގް

ސޫރިޔާ ސީރިޔާ ސީރިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.