ރާއްޖޭގެ ޚަބަރު ދީނީ ދަރުސްތަކަށް ހުރަސް އަޅަމުން ގެންދިޔުމަކީ ﷲ ގެ މަގުން މީސްތަކުން އެއްކިބާކޮށް ދުރުހެލި ކުރުވުމަށް ހިންގޭ ހަޑި މުޑުދާރު ޢަމަލެއް: ޢަދާލަތު ޕާޓީ

ދީނީ ދަރުސްތަކަށް ހުރަސް އަޅަމުން ގެންދިޔުމަކީ ﷲ ގެ މަގުން މީސްތަކުން އެއްކިބާކޮށް ދުރުހެލި ކުރުވުމަށް ހިންގޭ ހަޑި މުޑުދާރު ޢަމަލެއް: ޢަދާލަތު ޕާޓީ

ދީނީ ދަރުސްތަކަށް ހުރަސް އަޅަމުން ގެންދިޔުމަކީ ﷲ ގެ މަގުން މީސްތަކުން އެއްކިބާކޮށް ދުރުހެލި ކުރުވުމަށް ހިންގޭ ހަޑި މުޑުދާރު ޢަމަލެއް: ޢަދާލަތު ޕާޓީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވައިކަރަދޫއަށް ޝައިޚް ޢިމްރާން ޢަބްދުﷲއާއި ޝައިޚް އިލްޔާސް ވަޑައިގަތުމުން ހުރަސް އެޅުމަށް ވައިކަރަދޫ ބަޔަކު މަސައްކަތް ކުރަނީ-

ދީނީ ޢިލްމުވެރިންނަށް ފުރައްސާރަކޮށް، ދީނީ ދަރުސްތަކަށް ހުރަސް އަޅަމުން ގެންދާ ގެންދިޔުމަކީ ގައުމުގައި ފިތުނަ ފަސާދަ ޢާއްމުކޮށް، ﷲ ގެ މަގުން މީސްތަކުން އެއްކިބާކޮށް ދުރުހެލި ކުރުވުމަށް ހިންގޭ ހަޑި މުޑުދާރު ޢަމަލެއް ކަމުގައި ޢަދާލަތު ޕާޓީ ބުނެފިއެވެ.

ބައެއް ފަރާތްތަކުން ދީނީ ޢިލުމުވެރިންނަށާއި ދީނީ ދަރުސްތަކަށް ހުރަސް އަޅަމުންދާތީ އެކަން ކުށްވެރިކޮށް އެޕާޓިއިން ނެރފައިވާ ނޫސްބަޔާނެއްގައި ދީނީ ޢިލުމުވެރިންނަށާއި ދީނީ ދަރުސްތަކަށް ހުރަސް އެޅުމަކީ  ވަރަށް ދަށުދަރަޖައިގެ ލާދީނީ ޢަމަލެއްކަމަށާއި އަދި މީއީ ސިޔާސީ ނަމެއްގައި އިސްލާމްދީން ނައްތާލުމަށް ކުރެވޭ ވަރުގަދަ ހަނގުރާމައެއް ކަމަށް ޢަދާލަތުގެ ނޫސްބަޔާނުގައި ސިފަ ކޮށްފައިވެއެވެ.

ދީނީ ޢިލުމުވެރިންނަށާއި ދީނީ ދަރުސްތަކަށް ހުރަސް އަޅަމުންދާ މީހުން "ދައްކަމުންދާ ވާހަކަ އަކީ އަދުގެ ސަރުކާރުގެ ވުޒާރާ އަކުން ފޮނުވާ ދީނީ ޢިލްމުވެރިންތަކެއްގެ ނަޞޭޙަތް އަޑުއަހަން ބޭނުން ނުވާ ކަމަށާއި" ނަމަވެސް އެބައިމީހުންނަށް "މިއަދުގެ ސަރުކާރުން ދޭ މުސާރަ އާއި ރަޢްޔިތުންނަށް ފޯރުކޯށްދޭ އެހެނިހެން  ޚިދުމަތްތައް އެގޮތުން ޞިއްޙީ ޚިދުމަތް، ކަރަންޓުގެ ޚިދުމަތް، ބޯފެނުގެ ޚިދުމަތް، މިފަދަ އެތައް އެތައް ޚިދުމަތްތަކެއް ބަލައިގަތުން މިބައިމީހުންނަށް މައްސަލަ އެއް ނޫން" ކަމަށް ޢަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޢަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ އަމާނާތް އޭގެ އަހުލުވެރިންނަށް އަދާ ކުރުމަށް ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ އަމުރު ކުރައްވާފައިވާކަމަށާއި މިސްކިތްތަކަކީ މި ބިންމަތީގައިވާ ﷲ ގެ ގެކޮޅުތައް ކަމަށްވާހިނދު، އެ ގެކޮޅުތަކާމެދު މުޢާމަލާތްކުރުގައި ގެންގުޅެންޖެހޭ އަދަބުތަކާއި، އެ ގެކޮޅުތަކުގެ ޙުރުމަތަށްޓަކައި ކުރަންޖެހޭނެ ކަންތައްތަކާއި، ކޮށްގެން ނުވާނެ ކަންތައްތައް އެނގޭނީ ޢިލްމުގެ އަހުލުވެރިންނަށް ކަމަށް ވީހިނދު، އެގެކޮޅުތައް އިސްލާމިކް މިނިސްޓްރީ ފިޔަވައި އެހެން ފަރާތެއްގެ ބާރުގެ ދަށުގައި ހަފުސްވެފައި ވުމަކީ އެ އަމާނާތް ނަގާލެވުން ކަމަށް ވުމާއެކު ދިވެހި ރާއްޖޭގެ މިސްކިތްތައް ލޯކަލް ކައުންސިލްތަކުގެ ބާރުގެ ދަށުން އަނބުރާ އިސްލާމިކް މިނިސްޓްރީގެ ބެލެމުގެ ދަށަށް ޙަވާލު ކުރުމަށް މިފުރުޞަތުގައި ކަމާއިބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލާފައިވެއެވެ.

ޢަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ސައްތައިން ސައްތަ މުސްލިމް ގައުމެކެވެ. މި ގައުމުގައި އިސްލާމްދީން ފެތުރުމަށާއި، އިސްލާމްދީނާއި މެދު ރަޢްޔިތުން ހޭލުންތެރި ކުރުމަށް ދީނީ ޢިލްމުވެރިންނަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެއެވެ. އަދި މިފަދަ ހުރަސްތައް އަޅަމުންގެންދާ އެންމެހައި ފަރާތް ތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޢަދާލަތުޕާޓީގެ ފަރާތުން ގޮވާލާ" ކަމަށެވެ.

ޢަދާލަތު ޕާޓީގެ ފަރާތުން މިގޮތަށް ގޮވާލާފައިވާއިރު އިސްލާމިކް މިނިސްޓްރީއިން ބ އަތޮޅުގެ ރަށްރަށަށް ފޮނުވި ޢިލުމުވެރިންނަށް ރަށް ރަށުގެ ކައުންސިލުތަކުންނާއި ބައެއް ޢާއްމުން ހުރަސް އަޅާފައިވަތީ އެރަށް ރަށުގެ އަމިއްލަ ފަރާތް ތަކުންވަނީ އެމައްސަލައިގައި އެލްޖީއޭއްާއި ބައްދަލުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.