ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ރަމްޟާން މަހު މާލޭގެ ޕުރައިމެރީ ސްކޫލުތަކުގައި ކިޔަވަމުންދާ އަންހެން ދަރިވަރުންނަށް ބޭއްވި ޠަހާރަތާއި ޢިބާދާތުގެ ކޯސްނިންމި ބައިވެރިންނަށް ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ހަފުލާ ބާއްވާއިފިއެވެ. ޞަލާހުއްދީން ބިލްޑިންގެ ހުޅަނގުން އޮންނަ ޕާކުގައި ބޭއްވި ހަފުލާއެއްގައި ކޯސް ނިންމި ބައިވެރިންނަށް އިނާމު ދެއްވީ ދިވެހި ރާއްޖޭގެ ނައިބުރައިސްގެ އަނބިކަނބަލުން އިލްހާމުއެވެ.
ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަޒު ގުޅިގެން ކޮންމެ ދުވަހަކު ހަވީރު އިސްލާމީ މަރުކަޒުގެ ތިންވަނަ ފަންގިފިލާގައި ކުރިއަށްގެންދިޔަ ޠަހާރަތާއި ޢިބާދާތުގެ ކޯހުގައި ކިޔަވއިދެއްވީ އައްޝައިހާ އަނާރާ ނަޢީމުއާއި، އައްޝައިޙާ އަރުޝާ މާހިރުގެ އިތުރުން އައްޝައިހާ އައިޝަތު އާފިޔާއެވެ.
ޢަދާލަތު އަންހެންގެ މަޖިލީހުގެ ފަރާތުން މިކޯހުގެ އެހެން ބުރެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމަޖިލީހުން ހާމަކުރައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...