ރާއްޖޭގެ ޚަބަރު ބ. ކަމަދޫންވެސް އިސްލާމިކް މިނިސްޓްރީގެ ދަރުސް ޓީމަށް ހުރަސްއަޅައިފި

ބ. ކަމަދޫންވެސް އިސްލާމިކް މިނިސްޓްރީގެ ދަރުސް ޓީމަށް ހުރަސްއަޅައިފި

ބ. ކަމަދޫންވެސް އިސްލާމިކް މިނިސްޓްރީގެ ދަރުސް ޓީމަށް ހުރަސްއަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބ. ކަމަދޫ

ބ. އަތޮޅުގައި ދަރުސް ދިނުމަށާއި ވޯކްޝޮޕް ހިންގުމަށް އިސްލާމިކް މިނިސްޓްރިއިން ފޮނުވި ޢިލުމުވެރިންގެ ޓީމަށް ތުޅާދުއިންނާއި ހިތާދޫއިން ހުރަސްއެޅި ފަދައިން އެއަތޮޅު ކަމަދޫއިންވެސް އިސްލާމިކް މިނިސްޓްރީގެ ޓީމަށް ހުރަސްއަޅައި އެރަށަށް ނާރުވައި ފޮނުވާލައިފިއެވެ.

ކަމަދުގައި ދަރުސް ދިނުމަށާއި ވޯކްޝޮޕް ހިންގުމަށް އިސްލާމިކް މިނިސްޓްރީގެ ޓީމް މިއަދު ވަޑައިގެންނެވުމުން ހުރަސްއެޅި މީހުން ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީއާއި ސަރުކާރު އެމީހުން ޤަބޫލު ނުކުރާކަމަށާއި އެހެންވެ އިސްލާމިކް މިނިސްޓްރީއިން ވަޑައިގެންނެވި ޓީމް އެރަށަށް ނޭރުވޭނެ ކަމަށެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކަމަދޫ ކައުންސިލުގެ ރައީސް އަޙްމަދު ސަމީރު ވިދާޅުވީ  މިނިސްޓްރީގެ ޓީމަށް މަރުހަބާ ކިޔަން ދިޔަ ކައުންސިލަރުންނަށް ވެސް އެއްވެ ތިބި މީހުން އިންޒާރުދީ، ދަރުސް ޓީމަށް ރަށަށް ނޭރޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ އިސްލާމިކް މިނިސްޓްރީގެ ވަފުދަށް ގުޅާފައި ރަށުގެ މަސްލަހަތު އޮތް ގޮތް ދެންނެވިކަމަށް ސަމީރުވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ  މިނިސްޓްރީގެ ޓީމު ރަށަށް ނާރުވަން ބަޔަކު އުޅުނު މައްސަލަ ބ. އަތޮޅު ކައުންސިލް އިދާރާ އަށް ވެސް ހުށަހަޅާފައިވާނެކަމަށެވެ.

މިފަހަކަށް އައިސް ދީނީ ޝިޢާރު ފާޅުކުރުމަށް ރަށް ރަށުގެ ކައުންސިލުތަކުންނާއި ބައެއް ރައްޔިތުން ދަނީ ހުރަސްތައް ކުރިމަތި ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.