ރާއްޖޭގެ ޚަބަރު ޞީރިއާގެ މުސްލިމުންގެ ޙައްޤުގައި ދުޢާ ކުރުމަށް އިސްލާމިކް މިނިސްޓަރ ގޮވާލައްވައިފި

ޞީރިއާގެ މުސްލިމުންގެ ޙައްޤުގައި ދުޢާ ކުރުމަށް އިސްލާމިކް މިނިސްޓަރ ގޮވާލައްވައިފި

ޞީރިއާގެ މުސްލިމުންގެ ޙައްޤުގައި ދުޢާ ކުރުމަށް އިސްލާމިކް މިނިސްޓަރ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ ރައީސް ޑރ. މަހުމޫދު އައްބާސް މާލެ ވަޑައިގެންނެވި ދުވަހު ރައީސް ޑރ. އައްބާސް އަރިހުގައި އިސްލާމިކް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދު- ދިއިސްލާމް ފޮޓޯ: ޢިބްރާހިމް އަޝްވާޤު

ބައްޝާރުލް އަސަދުގެ އަސްކަރީ ބާރުގެ ޙަމަލާތަކުން ނިކަމެތިކަން ލިބެމުންދާ ޞީރިއާގެ މުސްލިމުންގެ ޙައްޤުގައި ހުރިހާ ދިވެހި ރައްޔިތުންވެސް ދުޢާ ކުރުމަށް އިސްލާމިކް އެފެއާޒު މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ޞީރިއާގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް ޒުވާނުންތަކެއް އިސްނަގައިގެން އިސްލާމިކް މިނިސްޓްރީއާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޝަހީމުވިދާޅުވީ ޞީރިއާގެ މައްސައަކީ ދިވެހިން ވެސް އެކަމުގައި ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށާއި ދިވެހި ޒުވާނުން ތަކެއް އިސްނަގައިގެން ޞީރިއާގެ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްތަކެއް ކުރުމަށް އިސްނެގީތީ އެކަމާ ވަރަށް އުފާ ކުރައްވާ ކަމަށެވެ.

ޝަހީމު ވިދާޅުވީ މިއަންނަ ހުކުރު ދުވަހުގެ ޚުތުބާގައިވެސް ޞޫރިއާގެ ހާލަތާއިމެދު އަލި އަޅުވާލާނެ ކަމަށެވެ. ޝަހީމު ވިދާޅުވީ ޞީރިއާ މުސްލިމުންނަށް ނަމާދުގައި ޤުނޫތު ކިޔުމަށްވެސް ކަންކަން ހަމަޖައްސަމުން ދާކަމަށެވެ. މިކަމުގައި އެންމެ ބޮޑު މައްސަލައަކީ ނަމާދުގެ ތެރެއިން ޤުނޫތުއް ނާޒިލާ ކިޔޭނެ ފެންވަރުގެ އިމާމުން ވަރަށް މަދުކަމަށާއި، ނަމާދުގެ ފަހުން ދުޢާ ކުރުމަށްވުރެ އެންމެ ސުންނަނަތް ގޮތަކީ ނަމާދުގެ ތެރެއިން ދުޢާ ކުރުންކަން ޝަހިމު ވިދާޅުވިއެވެ.

ކޮންމެ ބޭފުޅަކަށްވެސް ފަރުދީ ގޮތުން ޝިރީއާގެ ރައްޔިތުންނަށް ދުޢާ ކުރެވި ދާނެ ކަމށާއި އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ޞީރިއާގެ ރައްޔިތުންގެ ޙައްޤު ދުޢާ ކުރުމަށް އިސލާމިކް މިނިސްޓްރީއިން ގޮވާލައްވާފައިވާނެކަމަށް ޝަހީމުވިދާޅުވިއެވެ.

މިބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު އަސަދުﷲ ޝާފީ ވިދާޅުވި ފަލަސްޠީނުގެ މަައްސަލައާއިމެދު މަސައްކަތް ކުރިގޮތަށް އެންމެ ފުރަތަމަ ޞީރިއާގެ މައްސަލައާއި މެދު ރައްޔިތުން ހޭލުންތެރިކުރުމަށް ފޮރަމްތަކާއި ދަރުސްތައް އިންތިޒާމު ކުރަންވީކަމަށާއި އަދި ޒުވާނުން އިސްނގައިގެން ޞީރިއާއަށް ފަންޑެއް ޖަމާކުރުމަށް މަސައްކަތް ކުރެވިދާނެކަމަށް ޝާފީ ވިދާޅުވިއެވެ

އެމިނިސްޓްރީގެ ޑިޕިޔުޓީ މިނިސްޓަރ ޑރ. މުޙައްމަދު ޤުބާދު ޢަބޫބަކުރު ވިދާޅުވީ މިވަގުތަކީ ހާޤިޤީ ޤުނޫތު ކިޔަންވީ ވަގުތުކަމަށާއި އަޞްލު ޤުނޫތު ކިޔުންވަނީ ޢުންމަތައް ދިމާވާ މިފަދަ ހާލަތުގައިކަމަށާއި އެއީ ޤުނޫތުއް ނާޒިލާ ކަމަށެވެ.

.

 

ޓެގް

ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.